އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލެ އަތޮޅުގެ ރިސޯޓުތަކުގައި މުޒާހަރާ ކުރަން ރާވަމުންދާ ކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ކުރެއްވި ތުހުމަތުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގޮވާލައިފިއެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ނިހާދު ވަނީ ރާއްޖެ އަށް ދެ މިލިއަން ވަނަ ފަތުރުވެރިޔާ އައުމަށް ތައްޔާރުވަމުންދާއިރު އިދިކޮޅު އެމްޑީޕީ އިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ދޭހަވާ ގޮތަކަށް ތުހުމަތުކުރަށް ވާހަކަދައްކަވާފަ އެވެ.

Ad
rt

އެވާހަކަތަކާއި ގުޅިގެން ނިހާދު މިއަދު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ނިހާދުގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ނިހާދުގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

‘’ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ގޮވާލަމެވެ.’’ އެމްޑީޕީގެ ބަޔާނުގައި ބުނެފަވެއެވެ.