މި ޤައުމުގައި އިންޑިއާއި އެއްވަރަށް ރޭޕްގެ އަމަލު ގިނަވެއްޖެ ކަމަށާއި، މައުސޫމް ކުދިންގެ ފުރާނަ މިދަނީ ގެއްލެމުންކަމަށް ސައުދުﷲ އަޙުމަދު ބުނުއްވައިފިއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޗެއަރމަން އަދި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ވައިސް ޕްރެޒިޑެންޓް ކަންވެސް ކުރަށްވާ ސައުދުﷲ އެހެން ބުނުއްވާފައިވަނީ ކުރަށްވާފައި ޓުވީޓެއްގައެވެ.

Ad
rt

އެ ޓުވީޓުގައި ސައުދުﷲ ބުނުއްވާފައި ވަނީ، މި ޤައުމުގައި އިންޑިއާއި އެއްވަރަށް ރޭޕް ކުރުމުގެ ހަޑި މުޔުޑުދާރު އަމަލު ގިނަވެ މައުސޫމް ކުދީންގެ ފުރާނަ ދަނީ ގެއްލުމުން ދާކަމަށެވެ. އެކަން ކުރާ ފަރާތްތަކުގެ މަށްޗަށް ޤާނޫނު ތަންފީޒު ނުވެ ދިޔުމަކީ އެ ޖަރީމާ ހިންގާ ފަރާތްތަކަށް ދެވޭ ހިތްވަރަކަށް މިއަދު ވެފައިވާކަމަށްވެސް ސައުދުﷲ އިތުރަށް ބުނުއްވާފައިވެއެވެ.

އިންޑިއާއަކީ ދުނިޔޭގެ ރޭޕުގެ ރެކޯޑު އޮންނަ ޤައުމެއްކަމަށް ރެކޯޑްތަކުން ހާމަވެއެވެ. އިންޑިއާގައި ރަހުމުކުޑަކޮށް ރޭޕްކޮށް، މީހުން މެރުމާއި އެނޫންވެސް ރޭޕުގެ އެތައް ހާދިސާތައް އަހަރެއްގެ މަށްޗަށް ހިނގައެވެ.

ރާއްޖޭގައި މިދުވަސްކޮޅުދަނީ ރޭޕްގެ ރަހުމު ކުޑަ ގިނަ މައްސަލަތަކެއް ފެންމަތި ވަމުންނެވެ.