ދޮށީ އުމުރު މީހުން އަތުން ފޭރުން އިތުރުވެފައިވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން ފުލުހުން މިއަދު ބުނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފަވާ ކަމަށެވެ.

Ad
rt

މިފަދަ ޢަމަލުތައް ހިންގާ މީހުން، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރެމުން އަންކަމަށް ފުލުހުން ބުންޏެވެ.

މިފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުން އިތުރުވެފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

''މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރާގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރަން'' ފުލުހުން ބުނެފަވެއެވެ.

ފުލުހުން ވަނީ، މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރުމަށް އެދިފައެވެ.