ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ގާއިމްކުރި ޖާގަތަނަވަސް ނަމާދުކުރާތަން ބޭނުން ކުރަން ފަށައިފިއެވެ.

މިދިޔަ ބުދަދުވަހު މިތަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއުއެވެ. އެތަން ހުޅުވާފައި މިވަނީ އެ ސްކޫލްގެ 45 ވަނަ އަހަރީ ދުވަހާއި ދިމާކޮށެވެ.

Ad
rt

މި ނަމާދުކުރާތަން ބޭނުން ކުރަން ފަށާފައިވާކަން ހާމަކުރަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގެ ދަށުން، އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ވުޟޫކުރުމުގެ އިންތިޒާމާއިއެކު ނަމާދުކުރާބައެއް ހުޅުވިފައިވާކަމަށެވެ.

އަންހެން އަދި ފިރިހެން ދަރިވަރުންނަށް ވަކިން ނަމާދުކުރެވޭނޭ އިންތިޒާމާއިއެކު ހުޅުވި މިތަނުގައި އެއްފަހަރާ 30 އަށްވުރެ ގިނަ ދަރިވަރުންނަށް ނަމާދު ކުރެވޭނެއެވެ.

ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މިހާރު ވެސް ނަމާދު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަން ވަނީ ހަދާފައެވެ. އެތަންތަން އަންނަނީ ބޭނުން ކުރަމުންނެވެ.