ފުވައްމުލައް ސިޓީގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ ފުވައްމުލަކު ނައިބުތުއްތުއްތު މަގުން ބާރޫ ސްޕީޑް ގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަަކށް އަރައި، ހިނގި ހާދިސާއެއްގައި އަނިޔާވި މީހެއް ކަމަށެވެ. އަދި އެ ހާދިސާ ހިންގާފައިވާކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ މި ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 10:25 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގަން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް ސެޕްޓެމްބަރު 10 ވަނަ ދުވާހު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ނިޔާވެފައިވަޏީ މިއަދު ކަމަށާއި އެއީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ އަކީ ސައިކަލް ދުވްވުމުގެ ލައިސަންސް އޮންނާ މީހެއް ކަމަށް ވެސް ވިދާޅުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!