އަންނަ ހޮނިހިރު ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ތާއީދު ކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ކަމަށް ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ގައުމުގެ ރައީސްކަމަށް އެންމެ ގާބިލް ބޭފުޅަކީ މުއިއްޒު ކަމާއިމެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ.
އެހެންވެ، މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ޝައިހް ވަނީ ރައްޔިތުން ވޯޓު މުއިއްޒު އަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ޝައިހް މިގޮތަށް ނިންމަވާފައިވާއިރު، ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުގެ ގިނަ މެމްބަރުންގެ ތާއީދު ވެސް އޮތީ މުއިއްޒު އަށް ކަން ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އެ ގުޅުމުގައި ހިމެނޭ އިލްމުވެރިންގެ މެދުގައި ނެގި ވޯޓުގައި 82 އިންސައްތަ މުއިއްޒަށް ލިބިވަޑައިގެންނެވިއިރު، ދެން އެންމެ ގާތްކުރައްވަނީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ސާޅިހެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 4 އިންސައްތައެވެ.
އިލްމުވެރިންގެ ގުޅުމުން މިގޮތަށް ނިންމާފައިވާއިރު، ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހަށް ކަން އިއްޔެވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!