މިވަގުތު ގައުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ މުއިއްޒު: ޝައިހް ޒައިދު
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ތާއީދު ކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ކަމަށް ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ގައުމުގެ ރައީސްކަމަށް އެންމެ ގާބިލް ބޭފުޅަކީ މުއިއްޒު ކަމާއިމެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ. އެހެންވެ، މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާ...