މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ސަރުކާރުން ކުރިޔަށްގެންދާ، "މިނިވަން އުފާ" ކާނިވާ މިރޭ ހުޅުވައިފިއެވެ.

ވެރިރަށް މާލޭގެ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ މިކާނިވާ ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

މި ކާނިވަލަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން، ދިރާގާއި، އުރީދޫއާއި، އެސްޓީއޯއާއި، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއި އެކު ކުރިޔަށް ގެންދާ ކާނިވަލެކެވެ.

މިކާނިވަލުގެ ފުރަތަމަ ރެއަށް ޚާއްސަކޮށްގެން ވަނީ ޑްރޯން ޝޯވ އަކާއި ހަވާއެރުވުން ކުރިއަށް ގެންގޮސްފައެވެ.

މި ކާނިވާ ކުރިޔަށްދާނީ، މިރެއިން ފެށިގެން، އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ނިޔަލަށެވެ.