އެމްޑީޕީއަށް ލިބިވަފައިވާ އަޣުލަބިއްޔަތު ބޭނުން ކުރަންވާނީ ހުރިހާ ދިވެހިންނަށް ހިދުމަތް ކުރަން ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރިގައި ވާދަކުރައްވާ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނ. ކެނިދުކުޅުދު އަށް ވަޑައިގެން އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަނީ ހެނބަދު އަކީ ވަރަށް ކުޑަ ރަށެއް ކަމަށާއި އެއީ ކުރިން އެކަހެރިކޮށް މުޅިން ބާކީކޮށްފައި އޮތް ރަށެއް ކަމަށެވެ.

އެހެންނަމަވެސް މިހާރުވަނީ ފެނާއި ނަރުދަމާ ގާއިމްކޮށް، ބަނދަރު ހަދާފާ ކަމަށާއި ސްކޫލާއި ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަ ކުރެއްވި އެވެ. އަދި ކުޑަކުޑަ އާބާދީއަކަށް ކޮށްދިން އެ ކަންތައްތަކަކީ އިސްރާފެއް ނޫން ކަމަށާއި ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭ އެއްވެސް ކަމަކީ އިސްރާފެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު މަސައްކަތް މިކުރަނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައްޔިތުން ބޭނުންވާ ހިދުމަތްތައް އިތުރަށް ފުޅާކޮށްދިނުމަށް. އެކަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން."

ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބު ކުރައްވައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވާ، ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރު ވެސް ކުރައްވާފަ އެވެ.