ސްޕެޝަލިސްޓް ނަރުހުން ރާއްޖެއިން ބޭރުން ތަމްރީނުކުރުމަށް 15 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއީ ދިވެހި ނަރުހުން މާސްޓަރސް ޑިގްރީއަށް ރާއްޖެއިން ބޭރުގައި ތަމްރީނުވެ، ސްޕެޝަލައިޒްވުމަށް ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުސަތު ކަމަށެވެ. އަދި މި ސްކޮލަރޝިޕްގައި ސާރކް ގައުމެއްގައި ނުވަތަ މެލޭޝިޔާ ނުވަތަ ފިލިޕީންސްގައި ކިޔަވައިދޭ މަރުކަޒެއްގައި ކިޔެވޭނެ ކަމަށެވެ.

Ad
rt

އެ މިނިސްޓްރީން ވިދާޅުވީ ކޯހުގައި ކިޔެވުމަށް ޖާގަހޯދަންޖެހޭނީ ސްކޮލަރޝިޕް ލިބޭފަރާތްތަކުން އަމިއްލައަށް ކަމަށާއި ޖާގަހޯދުމުގައި މޯލްޑިވްސް ނާރސިންގ ކައުންސިލުން އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކިޔަވައިދޭ މަރުކަޒެއްކަމުގައި ވާން ޖެހޭނެ ކަމަށެވެ. އަދި އެކަން ކަށަވަރުކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން އިހްތިޔާރުކުރާ ކޯހަކީ، އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ، ފުލްޓައިމް ކޯހެއް ކަމުގައި ވާންވާނެ ކަމަށާއި ކޯހުގެ މުއްދަތުގައި މަރުކަޒަށް ހާޒިރުވެގެން ފުރިހަމަކުރަންޖެހޭ ކޯހަކަށް ވާންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެެވެ. އަދި ކޯހުގައި ސްޕަރވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނިފައި އެއީ ކިޔަވައިދޭ މަރުކަޒުން އިންތިޒާމްކޮށް ހަމަޖައްސައި ދޭނޭ ކޯހަކަށްވެސް ވާންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ސްކޮލަރޝިޕްގައި ކިޔެވުމަށް ޖާގަ ހޯދުމަށް 6 މަސްދުވަސް ލިބޭނެ. މި ސްކޮލަރޝިޕް ގައި ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ދޭގޮތަށް ހަމަޖެހިފައިވޭ." ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.

މީގެ އިތުރުން ކޯސްފީގެ އިތުރުން މަރުކަޒު ހުންނަގައުމަކަށް ދެކޮޅު ޓިކެޓާއި މަހުންމަހަށް ގައުމުތަކަށް ކަނޑައެޅިފައިވާ ރޭޓުން ސްޓައިޕެންޑް، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް ވެސް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޑިޕާރޗަރ އެލަވަންސް، އިންޝުއަރެންސް ހަރަދާއި ވިސާ ހަރަދު ވެސް ހަމަޖައްސައިދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ސްކޮލަރޝިޕް ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ މި ޑިސެމްބަރ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށެވެ.

ސްކޮލަރޝިޕް ކަނޑައެޅިފައިވަނީ ރާއްޖޭގެ 8 ހޮސްޕިޓަލަކަށް ކަމަށާއި މި ސްކޮލަރޝިޕްތައް ފުރިހަމަ ކުރާފަރާތްތަކުން އެ ހޮސްޕިޓަލްތަކުގައި ހިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވި އެވެ.

އެ ހޮސްޕިޓަލްތަކަކީ:
1. އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
2. ހުޅުމާލެ ހޮސްޕިޓަލް
3. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
4. ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
5. ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
6. ލ. ގަން ރީޖަނަލް ހޮސްޕިޓަލް
7. ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
8. މ. މުލީ ރީޖަނަލް ހޮސްޕިޓަލް

ސްޕެޝަލައިޒްޑް ވުމަށް ހުޅުވާލާފައިވާ 27 ދާއިރާއަކީ:
1. މެޓާރނަލް ޗައިލްޑް ހެލްތް
2. ނިއޯނޭޓަލް އިންޓެންސިވް ކެއަރ
3. ޕެލިއޭޓިވް އޮންކޮލޮޖީ
4. ނިއޯނޭޓަލް
5. ތިއޭޓަރ
6. ކޮލިޓީ އެޝޫރަންސް
7. އޯތޯޕީޑިކް
8. މެންޓަލް ހެލްތް
9. ޔޫރޮލޮޖީ އެންޑް ނެފްރޮލޮޖީ
10. އިންފެކްޝަން ކޮންޓްރޯލް
11. ކާރޑިއޮލޮޖީ
12. މިޑްވައިފްރީ
13. ރީޕްރޮޑަކްޓިވް ހެލްތް
14. ޓްރޯމާ އެންޑް އިމަރޖެންސީ ކެއަރ
15. އެނެސްތީސިއާ
16. މެޓާރނަލް އެންޑް ޗައިލްޑް ހެލްތް
17. އިމަރޖެންސީ ކެއަރ
18. ކްރިޓިކަލް ކެއަރ
19. ކާރޑިއެކް ކެއަރ
20. ތިއޭޓަރ
21. މިޑްވައިފްރީ އެންޑް އޮބެސްޓެޓްރިކަލް
22. ޑަޔަލިސިސް
23. އޮންކޮލޮޖީ
24. އިންފެކްޝަން ކޮންޓްރޯލް
25. ޑަޔަލިސިސް
26. ސައިކެއާޓްރިކް
27. ނާރސިންގ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން