ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ މިއަހަރުގެ އަހަރީ ކޭމްޕަށް އއ. އަތޮޅުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ޖަމިއްޔާ އިން ވިދާޅުވެއްޖެ އެވެ.
އެ ޖަމިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅުގެ ބައެއް ރަށްތަކުގައި ވަނީ ތަފާތު ހަރަކާތްތައް ބާއްވާފަ އެވެ.
އެގޮތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަކުން މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނު 9:00 ން 12:00 އަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ބްލަޑް ސަރވިސަސް ގަ އެވެ.
މިއީ އެޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ 3 ވަނަ ލޭހަދިޔާ ކުރުމުގެ ކޭމްޕެވެ.
އެ ޖަމިއްޔާގެ އަހަރީ ކޭމްޕުގައި ފުރަތަމަ ދިޔައީ އއ. އުކުޅަހަށެވެ. އަދި އެއަށްފަހު ނޮވެމްބަރު 27 ގައި މަތިވެރިއަށް ދިޔައިރު، އެ މި ދަތުރުގައި 28 ނޮވެމްބަރުގައި ބޮޑުފޮޅުދޫ އަށް ވެސް ވަނީ ގޮސްފަ އެވެ.
މި ހުރިހައި ރަށަކުން ވެސް އެ ބައިވެރިންނަށް ހޫނު މަރުހަބާ އެއް ވަނީ ކިޔާފަ އެވެ.
BVISM annual camp 2022 kaamiyaabu kamaa eku ninmaalun. Adhi mi camp kaamiyaabu kamaa eku kuriyah gendhiyumah eheetherive dhehvi Aa.ukulhas council adhi hurihaa muvahsasaa thakah v bodah shukuru dhannavan pic.twitter.com/kRVXRDHI1h
— BVISM (@BVISM) December 2, 2022
13 ކުދިން ބައިވެރިވާ މި ކޭމްޕުގައި، ދަތުރުކުރާ ރަށްރަށުގެ މުވައްސަސާތަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ސުކޫލު ދަރިވަރުންނާއި ބައްދަލުކޮށް އުފާވެރި ވަގުތު ތަކެއް ވެސް ވަނީ ހޭދަކޮށްފަ އެވެ.
މީގެ އިތުުރުން މިދިޔަ މަހުގެ 29 ވަނަ ދުވަހު އުކުޅަހުގައި ފަންޑް ރެއިސިންގ އިވެންޓެއް ވެސް ވަނީ ބާއްވާފަ އެވެ.
މިދިޔަ އަހަރުގެ ކުރިއަށް ގެންދިޔަ ކޭމްޕްގައި 20 ކުދިން ބައިވެރިފައިވާއިރު، ލީޑަރޝިޕް ޓްރެއިން ޕްރޮގްރާމަކާއި ލައިފް ސްކިލް ސެޝަނަކާއި ޑިޒަރސްޓަރ މެނޭޖްމެންޓުގެ ސެޝަނެއްގެ އިތުރުން ފަރސްޓް އެއިޑް ޓްރެއިނިންގް ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބީވީއައިއެސްއެމް އިން ކުރި ޓްވީޓެއްގައި ވަނީ އަހަރީ ކޭމްޕު ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ކަމަށާއި މިކަން ކާމިޔާބު ކުރުމުގައި އެހީތެރިކަން ދެއްވި ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
ބީވީއައިއެސްއެމް އަކީ ލޯފަން ކުދިންގެ ހައްޤުތައް ހިމާޔަތްކޮށް ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 2010 ވަނަ އަހަރުގެ ތެރޭގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!