ބުޅަލުގެ ޒަރިއްޔާއިން ބައްޔެއް ފެތުރެމުންދާ ކަމަށާއި، މި ބައްޔަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ، "ލާވާ މައިގްރަންސް" އަކީ ރާއްޖެއިން އަބަދުވެސް ފެންނަ ބައްޔެއް ކަމަށާއި އަދި މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވާ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެދޭ ކަމަށެެވެ.

Ad
rt

އެޗްޕީއޭގެއިން ކުރިޓުވީޓުގައިވަނީ ބަލީގެ އަލާމާތުގެ ގޮތުގައި، ހަންގަނޑު ދުޅަވެފައިވާ މީހެއްގެ ފޮޓޯވެސް ވަނީ ހިމަނާފައެވެ.

އެޗްޕީއޭ އިން ބުނީ، މި ބައްޔަކީ ބުޅަލުގެ ނަޖިހުން ޖެހޭ ބައްޔެއް ކަމަށާއި މި ބަލި ޖެހެނީ ހަންގަނޑަށެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި އެޗްޕީއޭއިން ބުނެފައިވާ ކަންކަމަކީ
  1. ހުސްފައިގާ މަގުމަތީގަޔާއި، ވެލީގައި ނުހިނގުން
  2. މަގުމަތީގައި އުޅޭ ބުޅަލާއި، އެ ބުޅަލުގެ ނަޖިހުގައި ނުޖެހުން
  3. ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅާ ޑީވޯމް ކުރުން
  4. ބުޅަލުގެ ލިޓާ ބޮކްސް ސާފުކުރާއިރު އަންގި ބޭނުން ކުރުން
  5. ގިނަގައިން ސައިބޯނި ލައިގެން އަތް ދޮތުން
  6. ކުޑަކުދިން ޕާކުފަދަ ތަންތާނގާއި އުޅޭއިރު ވެއްޔަށް އަތްލިޔަ ނުދިނުން