މިދުވަސްކޮޅު ރާއްޖޭގައި އިންފުލުއެންޒާ ނުވަތަ ރޯގާ ފެތުރުން އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އިންފުލުއެންޒާއިން ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރުމަށް އެޗްޕީއޭއިން ވަނީ އެދިލައްވާފައެވެ. ނޮވެމްބަރު މަހުގެ މިހާތަނަށް ޓެސްޓުކުރި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް އިންފުލުއެންޒާގެ އަސަރު ކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދުވަސްކޮޅު އިންފްލުއެންޒާ އެބަ އިތުވޭ.
އިންފްލުއެންޒާއިން ރައްކާތެރިވަމާ!#Seasonalinfluenza #PreventiveMeasures@MoHmv pic.twitter.com/Zu3hNOzM6w— Health Protection Agency (@HPA_MV) November 7, 2019
އަރިދަފުސް ރޯގާ ޖެހިއްޖިނަމަ ކަންތައް ކުރެވިދާނެގޮތް:
- ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށްލުން އަދި ގޭގައި ދެވޭ ފަރުވާ ދިނުން (ގިނައިން ދިޔާތަކެތި ބޭނުން ކުރުން، އަރާމު ކުރުން، ހުންގަދަނަމަ ފެންފޮތި ހޭކުން، ކަޅު ސައި އަދި ލުނބޯ، އިނގުރު، މާމުއި އަޅައިގެން ބުއިންތައް ބޭނުން ކުރުން)
- ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވާނަމަ، ނުވަތަ ހުންއައިސް ރޯގާ ޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން.
- ޑޮކްޓަރުގެ އިރުޝާދު ނުހޯދާ ޕެރަސެޓަމޯލް ފިޔަވާ އެހެން ބޭހެއް ބޭނުން ނުކުރުން.
- ބަލި ފެތުރުން މަދު ކުރުމަށްޓަކައި، ކޮންމެހެން ދާންޖެހިގެން މެނުވީ ހޮސްޕިޓަލްފަދަ ތަންތަނަށް ނިދިއުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!