ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގެ ޒުވާނުންނަށް ސަރޓިފައިޑް ސަރފް ގައިޑިންގް ކޯހެއް ހިންގަން ނިންމައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ސަރފް ގައިޑިންގް ކޯހަކީ އެމްކިޔުއޭ ޤަބޫލުކުރާ ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭގޮތަށް ހިންގާ ކޯހެއް ކަމަށެވެ.
މި ކޯހަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާ ގުޅިގެން ހިންގަމުންދާ "ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވަރކްފޯސް" ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން "ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ސަރފް ގައިޑިންގް" ގެ ނަމުގައި ކުޅުދުއްފުށީ ޒުވާނުންނަށް އަމާޒު ކޮށްގެން މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ މުޅިން ހިލެއެވެ.
މީގެއިތުރުން މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 2000ރ ގެ އެލަވަންސް ލިބޭނެ ކަމަށް ވެސް ކައުންސިލުގެ އިޝްތިހާރު ތަކުގައި ބުނެފައި ވެއެވެ.
އެހެން ކަމުން މި ކޯހުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ޢާއްމުކޮށްފައިވާ ގޫގުލް ފޯމް ފުރުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އަންނަނީ އެ ސިޓީގެ ކުރިއެރުމާއި ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!