ބޭނުންވާނެ ތަކެތި
8 ވެފަރ
1 ދަޅު ގެރިކިރު
6 ބިސް
1 ސައިސަމްސާ އެސެންސު
1 ސަމްސާ ބަޓަރު
4 ސަމްސާ ހަކުރު
ތައްޔާރުކުރާނެ ގޮތް:
ހަކުރާއި ބަޓަރު ފިޔަވާ ދެންހުރި ހުރިހާއެއްޗެއް އެއްކޮށް މިކްސްޗަރަށް އެޅުމަށްފަހު ގިރާލާށެވެ. ރަނގަޅަށް ގިރުނީމައި ޓްރޭގައި ބަޓަރ މެލްޓްކޮށްފައި ހަކުރު އަޅާފައި ހަކުރުކޮޅު މުށިކުލަ އަރަންދެން ހޫނު ކޮށްލާށެވެ.
އެއަށްފަހު ޓްރޭ އަރިކޮށްލާ ހުރިހާ ތަނެއްގައި ކެރަމަލްކޮޅު ހާކާލާށެވެ. ޓްރޭ ތައްޔާރުވުމުން ބޮޑު ތެއްޔަކަށް ފެންއަޅާފައި އޭގެ ތެރޭގައި ތެލި ބެހެއްޓޭނެފަދަ އެއްޗެއްލުމަށް ފަހު އާވިން ފިހެލާށެވެ.
އަވަނުން ނުވަތަ ރައިސް ކުކަރުންވެސް ޕުޑިން ތައްޔާރުކުރެވިދާނެއެވެ. އުނދުނުން އާވިން ޕުޑިން ފިހެވޭހާ ރީތިކޮން އެހެން އެއްޗެއްގައި ނުފިހެވިދާނެއެވެ.
30 ނުވަތަ 40 މިނެޓް ތެރޭގައި ފިހެވޭނެ އެވެ. ހިހޫވުމުން ފުރިޖަށްލާފައި ފިނިކޮށްލާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!