ހއ. އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ހއ އަތޮޅު ހޮސްޕިޓަލާއި ހަވާލާދީ ހއ އަތޮޅު ކައުންސިލުން ބުނެފައިވަނީ އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުންނަށް އެ ހޮސްޕިޓަލުން މިއަދުންފެށިގެން ފަރުވާ ލިބެމުން ދާނެކަމަށެވެ.
މިހާތަނާ ޖެހެންދެން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ގެންދަންޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. މި ޚިދުމަތުގެ ސަބަބުން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ރަށުން ބޭރަށް ގެންދިއުން ނިމުމަކަށް އައިސްފައިވާކަމަށް ހއ އަތޮޅު ކައުންސިލް ބުނެފައިވެއެވެ.
މިއީ އަތޮޅު ހޮސްޕިޓަލްގެ ތާޜީޚްގައި އެޅިގެންދިޔަ އިތުރު ފިޔަވަޅެއްކަމަށާއި އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ބެލެހެއްޓުމުގެ ތަމްރީން އެ ހޮސްޕިޓަލްގެ ނަރުހުންނަށް މީގެކުރިން ދީނިމިފައިވާކަމަށް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!