ށ. ފޯކައިދޫ ބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކޮށް، ރޮސްޓްރަމް ތަރައްގީ ކުރުމުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއްޔެ ކުރި ދެ ޢިއުލާނެއްގައި މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ.
ލައިޓިންގ ސިސްޓަމް ގާއިމްކުރުމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ.
ރޮސްޓްރަމް ތަރައްގީކުރުމުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ ހަމަ އެދުވަހުއެވެ. ގަޑިއަކީ 11:30 އެވެ.
މި ދެ މަސައްކަތަށް ވެސް އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ ޔޫތު މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ.
ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށުގެ ކައުންސިލުން މީގެކުރިން ވަނީ އިއުލާން ކޮށްފައެވެ. އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ހަމަވީ އިއްޔެއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!