ށ.ފޭދޫ ކައުންސިލްގެ އިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯއާއި ދިދަ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

Ad
rt

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެކައުންސިލުން ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/5000 (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެއިޢުލާނާއިއެކުވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރާ ޝަރުތުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް ލޯގޯ އަދި ދިދަ ފަރުމާކޮށް ހުށަހަޅަން ޖެހެނީ ފޭދޫ ކައުންސިލް އިދާރާއަށެވެ. މިހުށަހެޅުމުގައި މިމަޢުލޫމާތު ކަރުދާހުގައި ހުށަހަޅަން ބަޔާންކުރާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަންވާނެއެވެ.

ހުށަހަޅާ ލޯގޯގައި ރަށުގެ މަސައްކަތްތެރިކަމާއި، ތާރީހާއި، ގުދުރަތީ ރީތިކަމާއި، ޘަގާފަތް ރަމްޒުކޮށްދޭންވާނެއެވެ. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ

RGB 120، 19، 33 އަދި RGB 255, 215, 0 މިކުލަތަކުންނެވެ.

ޑިޒައިން ހުށަހެޅުމުގެ ޝަރުތުތައް:
a) ހުށަހަޅާ ޑިޒައިން ވާންޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށެވެ.
b) ހުށަހަޅާ ލޯގޯއާއި ދިދައިގެ ސޮފްޓް ވާންޖެހޭނީ ވެކްޓަރ ފައިލްއަކަށެވެ. އެޑިޓްކުރެވޭ އަސްލު ފައިލް ހުށަ
c) ހުށަހަޅާ ލޯގޯއާއި ދިދައިގެ ރިސޮލިއުޝަން 300dpiއަށްވުރެ މަތިވާންވާނެއެވެ.
d) ލޯގޯ ރީސައިޒުކޮށް ކުޑަކުރުމުން ނުވަތަ ބޮޑުކުރުމުން ލޯގޯގެ އަސްލު ގެއްލިގެން ނުވާނެއެވެ.
e) ހުށަހަޅާ ލޯގޯ ފޮތީގައާއި، ތަކެތީގައި ޕްރިންޓްކުރެވޭފަދަ ލޯގޯ ޑިޒައިންއަކަށް
f) ލޯގޯގެ އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއަކާއި، އަދި ކަޅާއި ހުދުން ބްލެކް އެންޑް ވައިޓް ވާޝަންގެ ކޮޕީއެއް ހުށަހަޅަންވާނެ އެވެ.
g) ލޯގޯގައި ބޭނުންކުރި ފޮންޓާއި، ފޮންޓް ސައިޒު އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.
h) ލޯގޯގައި ބަހެއް، ލަފްޒެއް ނުވަތަ ނަމެއް ލިޔާނަމަ ލޯގޯގެ 2 ވާޝަންއެއް ހުށަހަޅަންވާނެއެވެ. އެއީ ދިވެހި ބަހުން ހުށަހަޅާ ވާޝަންއަކާއި އިނގިރޭސި ބަހުން ހުށަހަޅާ ވާޝަންއެކެވެ.
i) ލޯގޯއާއި ދިދައިން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް ލިޔުމުން ހުށަހަޅަންވާނެއެވެ.
G ލޯގޯއާއިއެކު ބްރޭންޑިންގ (މޮކަޕް ހުށަހަޅާ، ލޯގޯ ލެޓަރހެޑްގައާއި، ބިޒްނަސްކާޑުގައާއި، އީމެއިލް ސިގްނޭޗަރގައާއި، ސެޓްފިކެޓްތަކުގައާއި، އަދި ޓީޝާޓާއި ތޮފިފަދަ ތަކެތީގައި ބޭނުންކުރުމުން ހުންނާނެގޮތް ހުށަހަޅަންވާނެއެވެ.
k) މުބާރާތުގައި ބައިވެރިވުމަށް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ބޭނުން އަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިންއަކަށްވެސް ވަކިން j,hi ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ލޯގޯ އަދި ދިދައިގެ ފަރުމާކުރުންތައް ހުށަހެޅުން އޮންނާނީ 18 ނޮވެމްބަރ 2021ވާ ދުވަހުގެ 13:00 އަށް ފޭދޫ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ.