މިމަހުގެ 18 ވަނަ ދުވަހުގެ ރެއަކީ 'އެޕަލް' ގެ ސާމާނަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ރެއެކަށް ވެގެންދިޔެއެވެ.
އެއީ އެންމެ ފަހުގެ، އެންމެ 'ފުރިހަމަ' ކަމަށް ގިނަ ބަޔަކު ބުނާ މެކް ބުކް ޕްރޯ ލޯންޗުކޮށްފައިވާތީއެވެ. މިފަހަރުގެ މެކް ބުކްގައި ގިނަ ޔޫއެސްބީ ޕޯރޓުތަކާއި ގިނަ އިރު ޗާރޖު ހިފެހެއްޓުމުގެ އިތުރުން ނޮޗެއްވެސް އިނދެއެވެ. އެހެނަސް، އެރޭގެ އިވެންޓުގައި އެންމެ ސަމާލުކަން ހޯދާފައިވަނީ މެކް ބުކް ޕްރޯ އެއް ނޫނެވެ.
ދުނިޔޭގެ މަޝްހޫރު ޓެކް ކޮމްޕެނީ 'އެޕަލް' އިން އެންމެ ފަހުން ދައްކާލި އައު އުފެއްދުންތަކުން އެންމެން ހައިރާން ކޮށްލީ 19 ޑޮލަރަށް ވިއްކަން ނެރުނު ކުޑަ ޕޮލިޝްކުރާ ފޮތިކޮޅުންނެވެ.
އެޕަލް ކުންފުންޏަކީ ޝައްކެއްވެސް ނެތް ގޮތުގައި ފެންވަރު ރަނގަޅު މޮޅެތި ތަފާތު ވައްތަރުގެ ސާމާނު އުފައްދާ، ފަލަ އަގެއްގައި ބާޒާރަށް އެތަކެތި ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެހެނަސް، އެތަކެތީގެ ޑިސްޕްލޭ ފަދަ ތަންތަން ސާފުކުރާނެ ކުޑަ ފޮތިކޮޅެއް 19 ޑޮލަރަށް ނެރުން، ގިނަ ބަޔަކު ސިފަކުރަނީ ޖޯކެއް ގޮތަށެވެ.
މީގެ ކުރީ ހަފްތާގައި މި ފޮތިކޮޅު ނެރޭނެ ކަމަށް ބުނިނަމަވެސް ގިނަ ބަޔަކު އެކަމެއް ގަބޫލެއްވެސް ނުކުރީހެވެ. އެޕަލްގެ ލޯގޯ ޖަހައިފި ކޮންމެ އެއްޗަކީ އަގުބޮޑެތި އެއްޗިސް ކަން ސިފަކޮށް "އެޕަލް ފެންފުޅި" ނުވަތަ "އެޕަލް އިސްޓާކީނު" ފަދަ ތަކެތި އުފައްދާނޭ ކިޔައިގެން ގިނަ ފަރާތްތަކުން އައީ މީސް މީޑިއާގައި ސަމާސާ ކުރަމުންނެވެ.
What started as a joke may soon turn into reality!
Apple launched a $19 dollar cloth to wipe Macs
Don't believe me? - https://t.co/r72rv4Ij6Y
What next, this $29.99 bottle of water?
This day isn't too far #Apple @tim_cook pic.twitter.com/5P8JTe28Nw
— Mangalam Maloo (@blitzkreigm) October 19, 2021
ނަމަވެސް، ސަމާސާ އެއް ކަމަށް ހީކުރި މި ފޮތިކޮޅު، ވެގެން ދިޔައީ ހަމަ އަސްލަކަށެވެ. ކްރިއޭޓިވް ބްލޮގް ނަމަކަށް ކިޔާ ބްލޮގެއްގެ ލިއުމެއްގައި ވާގޮތުން މި ފޮތިކޮޅަކީ ވަރަށް އޮމާން މެޓީރިއަލް އަކުން އުފައްދާފައިވާ މޮޅު ފޮތިކޮޅެކެވެ. އަދި މި ފޮތިކޮޅުން، އެޕަލްގެ ހުރިހާ ޑިވައިސްއެެއް ސާފުކުރެވޭނެއެވެ. އެއީ ނޭނޯ ޓެކްސްޗާރ ބިއްލޫރިއާ ވެސް އެކުގައެވެ. އެހެނަސް، މި ފޮތިކޮޅުގެ އެންމެ މުހިންމު އެއްސިފައަކީ، އޭގައި އިންނަ އެޕަލްގެ ލޯގޯ އެވެ. 19 ޑޮލަރަށް ގިނަބަޔަކު އުންމީދު ކުރާނީ އެ ފޮތިކޮޅު އެޕަލް ލޯގޯގެ ބަށްޓަމަށް އިނުމަށެވެ.
އެޕަލްގެ މިއުފެއްދުމަށް ގިނަބަޔަކު ފާޑުވެސް ކިޔާފައިވެއެވެ. އެގޮތުން މިފޮތިކޮޅުގައި އެޕަލް ލޯގޯ އިނުން ފިޔަވާ އެހެން އިތުރު ތަފާތެއް ނެތްކަމަށް ބަޔެއް ފަރާތްތަކުން ބުނެފައިވެއެވެ. ބަޔެއް ފޯނުތަކާއި ޑިސްޕްލޭ ވިއްކާއިރު ހިލޭ މިފަދަ ފޮތިކޮޅެއް ލިބެއެވެ. ނަމަވެސް އެޕަލްގެ ޑިވައިސްތަކާއި އެކު މި ފޮތިކޮޅު ހިލެއެއް ނުލިބެއެވެ. ޖެހެނީ ވަކިން ގަންނާށެވެ. އެހެންކަމުން މިއީ ކޮންމެ ކަސްޓަމަރެއްގެ އަތުން އިތުރު 19 ޑޮލަރު ހޯދަން ކުރި ކަމެއްކަމުގައި ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.
Even Apple’s £19 cleaning cloth has been hit with delays https://t.co/wnIINeSlls
— BestProductsReview (@BestReviewin) October 20, 2021
ހައިރާންވާ އެއްކަމަކީ، އެޕަލްގެ މި ޕޮލިޝިންގ ފޮތިކޮޅުން އެ ކުންފުނީގެ ހުރިހާ އުފެއްދުމެއްގެ ޑިސްޕްލޭ ސާފުކުރެވޭތީއެވެ. ފަހުން އިއުލާނު ކުރި ތަކެއްޗާއި ކުރީގައި ނެރެފައިވާ ތަކެތިވެސް ހިމެނޭހެނެވެ. މިހާރު ތިގެންގުޅޭ އައި ފޯނު ނުވަތަ އައި ޕެޑު ނުވަތަ އައި ވޮޗު ހަޑިވެގެން ހާސްވާކަށް ނުޖެހޭނެއެވެ. ދިވެހި ރުފިޔާގެ ގާތްގަނޑަކަށް 293 ރުފިޔާ އަށް އެ ފޮތިކޮޅު ގަތުމުން މައްސަލަ ހައްލުވީއެވެ.
The breakout star of Apple’s MacBook Pro event is a $19 cleaning cloth https://t.co/zTeuK307W2 pic.twitter.com/1i7b1OZqxe
— CP-CITE-UPR (@CITEtecnologias) October 19, 2021
އެޕަލް އަކީ އަބަދުވެސް ތަކެތި އަގުބޮޑު ކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ. ކިތަންމެ އަގުބޮޑަސް، އެ ކުންފުނީގެ ލޯގޯ ޖެހި އެއްޗެއް ނޫނީ ގެންގުޅެން ގިނަ ބަޔަކަށް ކަމަކުނުދެއެވެ. 19 ޑޮލަރުގެ މި ފޮތިކޮޅުގައިވެސް އެޕަލް ކުންފުނީގެ އަސްލު ލޯގޯ އިނދެއެވެ. އެ ފޮތިކޮޅުގެ ވިޔަފާރި ދާނީ ކިހިނަކުން ކަން އަދި ބުނާކަށް ނޭންގެއެވެ. އެންގޭނެ ހަގީގަތަކީ، އެޕަލް އަށް ލޯބިކުރާ ފަރާތްތަކުން، ބޮޑު އަގު ދީފަވެސް، އެ ފޮތިކޮޅު ގަންނާނެކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!