އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ގެއެއްގެ ސިޑިމައްޗަށަ ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ ވެމްކޯ މުވައްޒަފެއް ކަމަށްބުނެ އެ ކުންފުނިން މައާފަށް އެދިއްޖެއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑިއޯއާ ގުޅިގެން މައްސަލަ ރައްދުވާ ކަސްޓަމަރާއި، މައްސަލަ ދިމާވި ގޭބިސީއަށް އެ ކޯޕަރޭޝަނުގެ މުވައްޒަފުން ޒިޔާރާތްކޮށް މައާފަށް އެދިފައިވާ ކަމަށެވެ.
އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށަ ހިދުމަތްތައް ބައްޓަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުދަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ވެމްކޯ އިން ބުނި ގޮތުގައި ކުނި ނަގަން ދިޔަ މުވައްޒަފަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ނަމަވެސް އޭނާގެ ފަރާތުން މީގެ ކުރިން އެފަދަ މައްސަލައެއް ފާހަގަކުރިފައެއް ނުވެއެވެ.
އަދި މައްސަލައިގެ ބާވަތުން އޭނާ ވަގުތީ ގޮތުން އެ ކޯޕަރޭޝަންގެ ހައުސްހޯލްޑް އޮޕަރޭޝަންތަކުން އެކަހެރިކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވެމްކޯ އިން ވަނީ މައްސަލަ ބަލަމުން އަންނައިރު ހަގީގަތް އޮޅޭ ގޮތަށް އަދި ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ކުޑައިމީސްކޮށް ހަބަރު ނުފެތުރުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!