މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކުރުމާމެދު ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ މި މަޝްވާރަތަށް ކޮށްފައެވެ.

Ad
rt

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެފަދަ މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން ދިވެހި ލައިސެންސް މެލޭޝިޔާގައި ބޭނޭނުންކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.