ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ރަހުމަތްތެރިއެއް ކަމަށާއި، ދެ ބޭފުޅުންގެ އެއްވެސް ޒާތީ ހިންހަމަނުޖެހުމެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް މައްސަލައެއް އޮތީ ޒާތީ ވިސްނުމާއި، ދެ ބޭފުޅުންގެ ތަޖުރިބާގައި ކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ އެމަނިކުފާނު ގަބޫލުނުކުރައްވާ ވަރަށް ގިނަ ކަންކަން ގާބުޅުކުރައްވާ ބޭފުޅެއް ކަމަށެވެ.

Ad
rt

ދުނިޔަވީ ތަޖުރިބާތަކާއި، ގިނަ ކަންކަމުގައި ދެ ބޭފުޅުންގެ ޒާތީ ވިސްނުމާއި ޚިޔާލު ތަފާތުކަން ގާސިމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑާ ރައީސް ނަޝީދާ ދެމެދު އެއްވެސް ޒާތީ ކަމެއް ނޯންނާނެ. އެއް މުދަލެއް ބެހޭ ދެމީހުންނެއް ނޫން. އެއް މަގާމަކަށް ކުރިމަތިލެވިފަ އެބަހުރި. އެކަމުގަ އަޅުގަނޑުމެން ދެމީހުން ވެސް މަސައްކަތްކުރީ ގައުމަށް ރަނގަޅު ކުރިމަގެއް ހޯދައިދޭން."

ގާސިމް ވިދާޅުވީ އެމްޑީޕީ އުފައްދައިގެން ވެސް އެ ޕާޓީ އަށް އެހީތެރިވުމަށް ވެސް ފައިސާގެ ބޮޑު އެހީއެއް ވެދީފައި އޮންނާނެ ކަމަށް ވިދާޅުވިއެވެ. އޭރު އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޑީއާރްޕީ އާއި އޭރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް ހުންނަވައިގެން ކަމަށެވެ. އެކަމަކު އެ ހަރަދު ކުރެއްވީ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުމުގެ މުހިންމު ކަން އެނގިލައްވާތީ ކަމަށް ވިދާޅުވިއެވެ.

އެކަމަކު އެމްޑީޕީއާ ގުޅިގެން މަސައްކަތް ނުކޮށް ވަކިން ޕާޓީއެއް އުފައްދަވައިގެން މަސައްކަތްކުރައްވަނީ ދެބޭފުޅުންގެ ހިޔާލުތަފާތުވުމުގައު، ޕާޓީ ތެރޭގައި ކޯޅުން ބޮޑުވެ ޕާޓީ ބައިބައިވާން ނޭދޭތީ ކަމަށް ވިދާޅުވިއެވެ.