ހއ. އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިއުލާނަށް ބަދަލު ގެނެސްފިއެވެ. މި އިއުލާނަށް ބަދަލު ގެނައުމަށްފަހު، އެރަށު ކައުންސިލުން މިއަދުވަނީ އެކަން އާއްމުކޮށް އިއުލާން ކޮށްފައެވެ.

މި މަހުގެ އަށްވަނަ ދުވަހު ކޮށްފައިވާ އިއުލާނުން ބަދަލު ގެނެސްފައިވަނީ ކައިވެނީގެ ބައިންނެވެ. އެގޮތުން، ކައިވެނީގެ ބައިގެ (ރ) ގައި ކުރިން އޮތީ ކާވެންޏަށްވީ ކޮންމެ އަހަރަކަށް 1 ޕޮއިންޓް ދިނުމަށެވެ. އެހެންނަމަވެސް، އިސްލާހުގައިވަނީ ކާވެންޏަށްވީ ކޮންމެ އަހަރަކަށް ( 1 ޕޮއިންޓް) މިބައިން އެންމެ ގިނަވެގެން ދެވޭނީ 15 ޕޮއިންޓުކަމަށެވެ.

Ad
rt

ޕޮއިންޓު ދިނުމުގެ އިތުރު ތަފްސީލަށް ގެނައި ބަދަލުގައިވަނީ ނަމްބަރ 1 (ރ) ކާވެނީގެ މުއްދަތު ގުނުމުގައި 1 ކާވަންޏަށްވުރެ ގިނަ ކާވެނި ކޮށްފައި ވީނަމަވެސް މިހާރު ކާވެނި ކޮށްގެން އުޅޭ ފަރާތް ނޫން ފަރާތަކާއި ކޮށްފައިވާ ކާވެނި ތަކުގެ މުއްދަތު ގުޅައެއް ނުދެވޭނެއެވެ. އަދި ކާވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ ކާވެންޏެއްގެ މަތީ ދެމިތިބި ފަރާތްތަކަށްކަމަށެވެ.

ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ބަޔަށް ބަދަލު ގެނެސްފައިވާއިރު، މިހާރު، ފޯމާއެކު ހުށައަޅައި ލިއުންތަކުގެ އަސްލު ނުވަތަ އެޓެސްޓް ކޮށްފައިވާ ކޮޕީވެސް ހުށަހެޅޭނެއެވެ.

މި އިސްލާހުތައް ގެނެސްފައިވީނަމަވެސް، ކުރިން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ފުރާކަށް ނުޖެހޭނެއެވެ. އަދި ސުންގަޑިއަށްވެސް ބަދަލެއް ނާންނާނެއެވެ.