މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ސެމީފައިނަލު ފުރަތަމަ މެޗުގައި މިއަދު ހަވީރު ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބާއި ނޮޅިވަރަމް ޒުވާނުންގެ ގުޅުން ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބު މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލު ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ މިއަދު ހަވީރު މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބު ކާމިޔާބުކުރީ 15-25 ޕޮއިންޓުންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 23-25 ޕޮއިންޓުންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 08-25 ޕޮއިންޓުންނެވެ.
އިއްޔެގެ މެޗްގައި ކްއީން އޮފްދަ މެޗްގެ މަޤާމަށް ހޮވުނީ ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބުގެ ޖާރޒީ ނަމްބަރު 12، ޝަހުމީލާ އަބުދުލް ޙަކީމެވެ.

Ad
rt

ކުޅުދުއްފުށީގެ ޑަބްލިޔު ސްޕޯޓްސް އެކެޑަމީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެއަންހެން ޑިވިޜަނުގެ ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ އެސްސީ، ނޮޅިވަރަންފަރު އެސްސީ، އަދި ޓީމް ކުޅުދުއްފުއްޓެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ނޮޅިވަރަމު ޒީޖީ، ނައިވާދޫ ޓީއެސްސީ އަދި ޓީމް ހަނިމާދޫއެވެ.