ޗައިނާގެ އިންޖިނިއަރުންނަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިންޖިނިއަރުންނާ ތަފާތު ބަޔެކެވެ. ދާދިފަހުން އެ މީހުން ވަނީ އާ ރޭލު ލައިނެއް އެޅުމަށް ބިން ހުސްކުރުމުގެ ގޮތުން އެ ބިމުގައި އިމާރާތްކޮށްފައިވާ 30،000 ޓަނުގެ ބަސް ޓާމިނަލެއް 90 ޑިގްރީއަށް އަނބުރާލުމުގައި ކާމިޔާބު ވެފައެވެ.
މި މަހުގެ ކުރީކޮޅު ޗައިނާގެ ފުޖިއަން ސިޓީގެ އިންޖިނިއަރުން ވަނީ އާ ރޭލު ލައިނެއް އެޅުމަށް ބިން ހުސްކުރުމަށް 30،000 ޓަނުގެ ބަސް ޓާމިނަސް އެއްވެސް ގެއްލުމެއް ނުދީ90 ޑީގްރީ އަށް އަނބުރާލާފައެވެ. މިކަން ނިމުނުއިރު ބަސް ޓާމިނަލްގެ ބިއްލޫރިގަނޑެއް ހާ ހިސާބުވެސް ތަލައިގެން ގޮސްފައިނުވާ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެއެވެ.
މިކަމާ ގުޅިގެން ބައެއް މީހުން ބުނާ ގޮތުގައި ބަސް ޓާމިނަލް ދުރުކުރުމުގެ ބަދަލުގައި ރޭލު ލައިން އެޅުމަށް އެހެން ބިމެއް ވެސް ހުސްކުރެވިނީހެވެ. ނަމަވެސް އެކަހަލަ މޮޅު އިންޖިނިއަރިން މަސައްކަތަކިގެ ސަބަބުން ދުނިޔޭގެ ރެކޯޑު ފޮތުން ޖަގަ ލިބުމަކީ ކައިރީގައިވަ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!