މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އުރީދޫ ވާޗުއަލް ދުވުމުގައި އަތޮޅުތައް ތަމްސީލް ކުރާ ދުވުންތެރިން އިއުލާން ކޮށްފިއެވެ.
މި ދުވުމުގައި ހއ. ތަމްސީލު ކުރާނީ މައުމޫން އަބްދުލް ސައްތާރެވެ. އަދި ހދ. އަތޮޅު އައިޝަތު މިޒްނާ ތަމްސީލު ކުރާއިރު ށ. އަތޮޅު ތަމްސީލް ކުރާނީ އަހުމަދު ޒާހިދެވެ.
މީގެ އިތުރުން ނ. އަތޮޅު އަބްދު ޔާސިރު ތަމްސީލު ކުރާއިރު ރ. އަތޮޅު އަބްދުލް ލަތީފު ހަސަން، ބ. އަތޮޅު މުހައްމަދު މަދީން، ޅ. އަތޮޅު ހުމައިދު އަބްދުލް ރައްޒާގު، ކ. އަތޮޅު މަރިޔަމް ލީނާ، އއ. އަތޮޅު ރަމީޒު، އދ. އަތޮޅު އާތިފް އިބްރާހިމް، ވ. އަތޮޅު ހަސަން ސިނާން، މ. އަތޮޅު އަހުމަދު ސަމީހު، ފ. އަތޮޅު އާމިނަތު މަލްދާ، ދ. އަތޮޅު އިހުމާ ހަސަން، ތ. އަތޮޅު އަޒްވަރު ހަސަން، ލ. އަތޮޅު މުހައްމަދު ފަޔާޒު، ގއ. އަތޮޅު ސާޖިން (ޒުވާން މަސްވެރިޔާ)، ގދ. އަތޮޅު މަރިޔަމް އަފްޒާ ނައީމް، ފުވައްމުލަކު މުޖޭ އަދި އައްޑޫ ތަމްސީލު ކުރާނީ އައިޝަތު އަފީފާއެވެ.
އުރީދޫ ވާޗުއަލް ދުވުމަކީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ފެށި ދުވުމެކެވެ. މި ދުވުމުގެ ބޭނުމަކީ ކޯވިޑް-19އާ ގުޅިގެން އާއިލާއެކު ނުވަތަ ރަހުމަތްތެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމުގެ ފުރުސަތު ދިނުމަށް ހުޅުވާލި ފުރުސަތެކެވެ.
މިއަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން 10 ކިލޯމީޓަރުގެ ކެޓަގަރީވެސް ވަނީ ހިމަނައިފައެވެ. މި ދުވުން ފުރިހަމަ ކުރާ ދުވުންތެރިންނަށް ވާޗުއަލް މެޑައްޔެއް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!