ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު އަނެއްކާވެސް ނެރެފިއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން ލ އަތޮޅާ ހަމައަށް އެވްރެޖް ގޮތެއްގައި ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަސް ވައިގަދަވާނެ ކަމަށެވެ.
Alert Yellow for torrential rain with average strong wind of 30-40 mph with gust of 50 mph. pic.twitter.com/InZ8FpkDdZ
— Maldives Meteorology (@MetMaldives) September 24, 2019
މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 21:30 އިން ދަންވަރު 01:30 އަށް ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރައްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!