ކުޅުދުއްފުށި ސިޓީން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލް ތަކަކާއި ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި އެވެ.
ކޭއާރްއެޗް އިން ހާމަކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 4 މީހަކީ 24 ވަނަ ދުވަހުގެ ކޭސް އާއި ޑައިރެކްޓް ކޮންޓެކްޓުންނެވެ.
މިއަދު ޕޮޒިޓިވްވި ކޭސް ތަކާއިއެކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދު 24 އަށް އަރައިފި އެވެ.
އެރަށުގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުޞަތު އޮތްކަމަށް ކޭއާރުއެޗްއިން ބުނެފައިވެއެވެ. ކުޅުދުއްފުށި މިހާރު ވަނީ މޮނިޓަރިންގ އަށް ލެވިފައެވެ. އެގޮތުން އެ ސިޓީގައި ރޭގަނޑު 9:00 - ފަތިހު 4:00 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
މީގެ އިތުރުން، ހުއްދަ ނެތި އެ ސިޓީ އަށް އަރާ ފޭބުން ވަނީ މަނާ ކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!