ހއ. ތުރާކުނު ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން،މަސައްކަތް ތުރާކުނު ކައުންސިލުން އިއުލާނުކޮށް، ގެޒެޓު ކޮށްފިއެވެ.
މިއަދު ގެޒެޓްކޮށްފައިވާ މި އިޢުލާނުގައި ބުނެފައިވަނީ ތުރާކުނު ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެގޮތުން މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދޭކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
މި މަސައްކަށް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، 29 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00 ތުރާކުނު ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ތުރާކުނު ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!