ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުން ވެސް ފޮނުވާފައިވާ ކަމުގައި ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު، އެރަށެއް ނިސްބަތްވާ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ފޮނުވަންވާނެކަމަށް ބަޔާން ކޮށްފައި ވާކަމަށެވެ.
މިގޮތުން ކަނޑައެޅިފައިވާ ތާރީޚަށް، ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުން 2021 ވަނަ އަހަރު، ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު، އެ އިދާރާއަށް ފޮނުއްވާފައިވާ 14 ރަށުގެ ރަށު ކައުންސިލް ތަކަކީ:
- ތުރާކުނު ކައުންސިލްގެ އިދާރާ
- އުލިގަމު ކައުންސިލްގެ އިދާރާ
- މޮޅަދޫ ކައުންސިލްގެ އިދާރާ
- ހޯރަފުށީ ކައުންސިލްގެ އިދާރާ
- އިހަވަންދޫ ކައުންސިލްގެ އިދާރާ
- ކެލާ ކައުންސިލްގެ އިދާރާ
- ވަށަފަރު ކައުންސިލްގެ އިދާރާ
- ދިއްދޫ ކައުންސިލްގެ އިދާރާ
- މާރަންދޫ ކައުންސިލްގެ އިދާރާ
- ތަކަންދޫ ކައުންސިލްގެ އިދާރާ
- އުތީމު ކައުންސިލްގެ އިދާރާ
- މުރައިދޫ ކައުންސިލްގެ އިދާރާ
- ބާރަށު ކައުންސިލްގެ އިދާރާ
- ފިއްލަދޫ ކައުންސިލްގެ އިދާރާ
ހއ. އަތޮޅު ކައުންސިލުން ވަނީ، 2021 ވަނަ އަހަރު، ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު، ޤާނޫނުގައިވާ ތާރީޚަށް ފޮނުއްވާފައިވާ ކައުންސިލްތަކުން، ޤާނޫނީ ޒިންމާ އަދާކުރައްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރަށްވާފައެވެ.
ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުން 2021 ވަނަ އަހަރު، ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު، ޤާނޫނުގައިވާ ތާރީޚަށް ފޮނުއްވާފައިވާ ކައުންސިލްތައް ފުރަތަމަ އާންމު ކުރެއްވި އިރު ފިއްލަދޫ ކައުންސިލް ހިމަނާފައެއް ނުވެއެވެ. ނަމަވެސް އެ ކައުންސިލުން ވަނީ ފަހުން ފިއްލަދޫ ކައުންސިލް ވެސް ލިސްޓްގައި ހިމަނައި، ފުރަތަމަ އާންމުކުރި ލިސްޓް އިސްލާޙް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!