ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޔުކްރެއިންގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައި އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި 18000 (އަށާރަ ހާސް) ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް އިންގެލްނެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓިމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކެޕްޓަން ހެރީ ކޭންއެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ އިންގްލެންޑް ކުރީގައި އޮވެގެންނެވެ.
އިންގްލެންޑުން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 46 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ލުކާ ސޯ ޔުކްރެއިންގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މެގުއާއެވެ.
އޭގެ ހަތަރު މިނެޓް ފަހުން ލުކާ ސޯ ޔުކްރެއިންގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތިންވަނ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ހެރީ ކޭންއެވެ.
މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު 63 ވަނަ މިނެޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހެންޑަސަންއެވެ.
އިންގްލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައި މިވަނީ ބައި ގަރުނަށް ފަހުއެވެ. އެ ޓީމް އެންމެ ފަހުން ޔޫރޯގެ ސެމީއަށް ދަތުރު ކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ.
މި މެޗުން ބަލިވުމުން ޔުކްރެއިން ވަނީ މުބާރާތުން ކަޓާފައެވެ. ސެމީ ފައިނަލުގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ ޑެންމާކާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި ހަފްތާ ބުދަ ދުވަހުގެ ރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!