ލޯކަލް ގަވަރމަންޓު އޮތޯރިޓީ(އެލްޖީއޭ) އިން މިވަނީ 2017 އަދި 2018 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް ރޭންކިން އާންމު ކޮށްފައެވެ. މި ރޭންކިންގ ރިޕޯޓު އިން ދައްކާ ގޮތުން ހއ. އަތޮޅުގެ ކައުންސިލްތައް ހދ. އަތޮޅުގެ ކައުންސިލްތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ. އެގޮތުން މި ރޭންކިންގ ރިޕޯޓުގައި ހުރި ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.
2017 ގެ ރޭންކިންގ:
އަތޮޅު ކައުންސިލްގެ ރޭންކިންގ އަށް ބަލާއިރު މި ލިސްޓުގެ އެންމެ ކުރި ލިބެނީ ތ. އަތޮޅު ކައުންސިލަށެވެ. ދެވަނަ ށ. އަތޮޅު ކައުންސިލަސް ލިބޭއިރު ލިސްޓުގެ ފަސް ވަނަ ލިބެނީ ހއ. އަތޮޅު ކައުންސިލަށެވެ. މި ލިސްޓުގެ އެންމެ ފުލުގައި ވަނީ ހދ. އަތޮޅު ކައުންސިލެވެ.
ލާމަރުކަޒީ ގާނޫނަށް އަމަލުކުރާ މިންވަރަށް ބަލާއިރު މި ލިސްޓުގެ އެންމެ ކުރި ލިބެނީ ހއ. އަތޮޅު ކައުންސިލަށެވެ. އަދި ހދ. އަތޮޅު ކައުންސިލަށް މި ލިސްޓުން ލިބެނީ އެންމެ ފުލުހުން ދެވަނަ އެވެ.
ރޭންކިންގ އަށް ބަލާއިރު އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެންމެ އިފެކްޓިވް ކައުންސިލަކަށް ހޮވިފައި ވަނީ ތ. އަތޮޅު ކައުންސެވެ. ހއ. އަތޮޅު ކައުންސިލަށް މި ލިސްޓުން ހަތް ވަނަ ލިބޭއިރު، ހދ. އަތޮޅު ކައުންސިލް އޮތީ އެންމެ ފުލުގައެވެ.
ޕާޓިޝިޕޭޝަން ނުވަތަ ކަންކަމުގައި ބައިވެރިވާ މިންވަރު ބަލާ ލިސްޓުގެ އެއްވަނަ ލިބެނީ މ. އަތޮޅު ކައުންސިލަށެވެ. މި ލިސްޓުގެ ތިން ވަނަ ހއ. އަތޮޅު ކައުންސިލަށް ލިބޭ އިރު، ހދ. އަތޮޅު ކައުންސިލުން މި އިންޑެކްސްއަށް އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ.
އެކައުންޓަބިލިޓީ އިންޑެކްސްގެ އެއް ވަނަ ލ. އަތޮޅު ކައުންސިލަށް ލިބޭއިރު، ކައިރިން ދެވަނަ ލިބެނީ ހއ. އަތޮޅު ކައުންސިލަށެވެ. ހދ. އަތޮޅު ކައުންސިލުން މި އިންޑެކްސްއަށް އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ.
ސެކިއުރިޓީ އިންޑެކްސްގައި އެންމެ ކުރީގައި އުޅެނީ ށ. އަތޮޅު ކައުންސިލެވެ. ލިސްޓުގެ ހަތަރު ވަނަ ހއ. އަތޮޅު ކައުންސިލަށް ލިބޭއިރު، ހދ. އަތޮޅު ކައުންސިލުން މި އިންޑެކްސްއަށް ވެސް އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ.
2016 ވަނަ އަހަރާއި އަޅާ ބަލާއިރު 2017 ވަނަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކައުންސިލްގެތަކުގެ ލިސްޓުގެ ތިން ވަނަ ލިބިފައި ވަނީ ހދ. އަތޮޅު ކައުންސިލަށެވެ.
ރަށު ކައުންސިލްގެ ރޭންކިންތަކަށް ބަލާއިރު، ލިސްޓުގެ އެއްވަނަ ލިބެނީ އއ. މަތިވެރި ކައުންސިލަށެވެ. މި ލިސްޓުގެ ގަދަ ދިހައެއްގައި ހއ. މާރަންދޫ ކައުންސިލް ވަނީ ހިމެނިފައެވެ. ތިލަދުންމަތީގެ އެހެން އެއްވެސް ކައުންސިލެއް ގަދަ ދިހައެއްގައި ހިމެނިފައެއް ނުވެއެވެ.
ވަކި ވަކި އަތޮޅުތަކުގެ ރޭންކިންގ އަށް ބަލައިރު، ހއ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކީ މާރަންދޫ ކައުންސިލެވެ. އަދި ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކީ ކުރިނބީ ކައުންސިލެވެ.
2018 ގެ ރޭންކިންގ:
މިދިޔަ އަހަރުގެ އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ކައުންސަލަކަށް ހޮވިފައި ވަނީ ޅ. އަތޮޅު ކައުންސިލަށެވެ. ދެވަނަ ށ. އަތޮޅު ކައުންސިލަށް ލިބޭއިރު ލިސްޓުގެ ފަސް ވަނަ ލިބެނީ ހއ. އަތޮޅު ކައުންސިލަށެވެ. މި ލިސްޓުގެ އެންމެ ފުލުގައި ވަނީ ހދ. އަތޮޅު ކައުންސިލެވެ.
ލާމަރުކަޒީ ގާނޫނަށް އަމަލުކުރާ މިންވަރަށް ބަލާއިރު މި ލިސްޓުގެ އެންމެ ކުރި ލިބެނީ ރ. އަތޮޅު ކައުންސިލަށެވެ. ހއ. އަތޮޅު ކައުންސިލަސް މި ލިސްޓުން އަށް ވަނަ ލިބޭއިރު ހދ. އަތޮޅު ކައުންސިލް އޮތީ މި ލިސްޓުން ލިބެނީ އެންމެ ފުލުގައެވެ.
އިފެކްޑިވްނެސް އިންޑެކްސް ރޭންކިންގެ އެންމެ ކުރީގައި އުޅެނީ ށ. އަތޮޅު ކައުންސިލެވެ. ހއ. އަތޮޅު ކައުންސިލަށް މި ލިސްޓުން ފަސް ވަނަ ލިބޭއިރު، ހދ. އަތޮޅު ކައުންސިލް އޮތީ އެންމެ ފުލުގައެވެ.
ޕާޓިޝިޕޭޝަން ނުވަތަ ކަންކަމުގައި ބައިވެރިވާ މިންވަރު ބަލާ ލިސްޓުގެ އެއްވަނަ ލިބެނީ ތ. އަތޮޅު ކައުންސިލަށެވެ. މި ލިސްޓުގެ ހަ ވަނަ ހއ. އަތޮޅު ކައުންސިލަށް ލިބޭ އިރު، ހދ. އަތޮޅު ކައުންސިލުން މި އިންޑެކްސްއަށް އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ.
އެކައުންޓަބިލިޓީ އިންޑެކްސްގެ އެއް ވަނަ ޅ. އަތޮޅު ކައުންސިލަށް ލިބޭއިރު، ހއ. އަތޮޅު ކައުންސިލް އޮތީ ލިސްޓުގެ ހަތަރު ވަނާގައެވެ. ހދ. އަތޮޅު ކައުންސިލުން މި އިންޑެކްސްއަށް އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ.
ސެކިއުރިޓީ އިންޑެކްސްގައި އެންމެ ކުރީގައި އުޅެނީ މ. އަތޮޅު ކައުންސިލެވެ. ލިސްޓުގެ ފަސް ވަނަ ހއ. އަތޮޅު ކައުންސިލަށް ލިބޭއިރު، ހދ. އަތޮޅު ކައުންސިލުން މި އިންޑެކްސްއަށް ވެސް އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ.
2016 ވަނަ އަހަރާއި އަޅާ ބަލާއިރު 2017 ވަނަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކައުންސިލްގެތަކުގެ ލިސްޓުގެ ތިން ވަނަ ލިބިފައި ވަނީ ހދ. އަތޮޅު ކައުންސިލަށެވެ.
ރަށު ކައުންސިލްގެ ރޭންކިންގެ އެއްވަނަ ލިބެނީ ކ. ހުރާ ކައުންސިލަށެވެ. މި ލިސްޓުގެ ގަދަ ދިހައެއްގައި ހއ އަދި ހދ ގެ އެއްވެސް ކައުންސިލެއް ހިމެނިފައެއް ނުވާިއރު، އެންމެ ކައިރިން 14 ވަނަ ލިބެނީ ހއ. ކެލާ ކައުންސިލަށެވެ.
ވަކި ވަކި އަތޮޅުތަކުގެ ރޭންކިންގ އަށް ބަލާއިރު، ހއ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކީ ކެލާ ކައުންސިލެވެ. އަދި ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކީ ކުރިނބީ ކައުންސިލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!