އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ތ. ބުރުނީ ފެންފިޔާޒުގޭ އުމުރުން 46 އަހަރުގެ ޝައުނާގެ ހަށިގަނޑު ފެނިފައިވަނީ ވަރަށް ބޮޑަށް ފިހިފައިވަނިކޮށް އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ތެރެއިންނެވެ.
ޝައުނާގެ ކަށުނަމާދު ކުރުމަށް މިއަދު ހަމަޖެހިފައިވާއިރު އޭނާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނަށެވެ. ނަމަވެސް މައްޔިތާއަށް ޒިޔާރަތްކުރުން10:30 އިންފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!