ކުޅުދުއްފުށީ ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ބަލަންފަށައިފި އެވެ.

"ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށައިފި." އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

Ad
rt
މިދިޔަ ހުކުރު ދުވަހު، ހދ.ކުޅުދުއްފުށީގެ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ޓީޗަރުންތަކެއް އިސް ނަގައިގެން ގެންދިޔަ ގެޓް ޓުގެދާއެއްގެ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.އެކަން މީހުންގެ ސަމާލުކަމަށް ގެންނެވީ، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދަމެވެ. އޭނާ ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު މެންދުރު އަމީރު އަމީން ސްކޫލުގެ ތެރޭގައި އިންޑިޔާގެ ހިންދޫ ދީނު އިހްތިފާލެއް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޫލްގައި ބިދޭސީ ޓީޗަރުން ފާހަގަކުރި "އޯނަމް" އަކީ، ހިންދޫއިންގެ ދީނީ ފެސްޓިވަލެއް ކަންވެސް ހަގީގަތް ބަލައިފިނަމަ، އެނގޭނެ ކަމަށްވެސް ކުރީގެ ޑެޕިއުޓީ ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ކައުންސިލުން ހިންގަމުން އަންނަ ޕްލޭސްކޫލު، އަމީރު އަމީން ސްކޫލުގެ ގޯތިތެރޭގައި، އިންޑިޔާގެ ކެރެލާގައި ފާހަގަކުރާ ދީނީ އިހުތިފާލެއްކަމުގައިވާ ”އޯނަމް“ ފާހަގަކުރިކަމަށް، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަލީ އާދަމް ވިދާޅުވި ވިދާޅުވުން ކުޅުދުއްފުށީ ކައުންސިލުން ވަނީ ދޮގުކޮށްފައެވެ.

އެކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދީނާ ޚިލާފު އެއްވެސް ކަމެއް އަމީރު އަމީން ސްކޫލުގައި ހިނގާފައި ނުވާކަމަށެވެ. އަދި ސްކޫލާ ބެހޭގޮތުން އެކި ފަރާތްތަކުން މީޑިޔާގައި ދައްކަމުންދަނީ ތެދު އެކުލެވޭ ވާހަކަތަކެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އަދި މިފަދަ ވާހަކަތައް މީޑިޔާގައި ހިއްސާކުރުމުގެ ކުރިން ކަމުގެ ތެދު ދޮގު ބެލުމަށްވެސް އެދިފައިވެއެވެ.

އެކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައްވާ އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދީނާ ޚިލާފު އެއްވެސް ކަމެއް އަމީރު އަމީން ސްކޫލުގައި ހިނގާފައި ނުވާކަމަށެވެ. އަދި ސްކޫލާ ބެހޭގޮތުން އެކި ފަރާތްތަކުން މީޑިޔާގައި ދައްކަމުންދަނީ ތެދު އެކުލެވޭ ވާހަކަތަކެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، މިފަދަ ވާހަކަތައް މީޑިޔާގައި ހިއްސާކުރުމުގެ ކުރިން ކަމުގެ ތެދު ދޮގު ބެލުމަށްވެސް އެކައުންސިލުން އެދިފައިވެއެވެ.