ހދ. ކުރިނބީ ފުޓްސަލް ދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ކުރިނބީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާއަށް ވަޑައިގަތް މައުލޫމާތު ސާފުކުރެއްވުން އެދޭ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާގައެވެ.
އެ ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ ކަމަށެވެ.
އެ މަސައްކަތް ކުރުމަށް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ގާނޫނޫ(18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި(19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!