ޔޫރޯ 2020 ކޮލިފިކޭޝަންސް: ރޮނާލްޑޯގެ ގޯލްތަކުން ޗެމްޕިއަން ޕޯޗުގަލް މޮޅުވެއްޖެ.
ކްރިސްޓިއާނޯ ރޯނާލްޑޯ ކާމިޔާބުކުރި ހަތަރު ގޯލާއިއެގު ޗެމްޕިއަން ޕޯޗުގަލްއިން ޔޫރޯ ކޮލިފިކޭޝަންސްގެ ގުރޫޕްބީގައި ރޭ ލިތުއޭނިއާ ބަލިކޮށްފިއެވެ.
ޕޯޗުގަލްއިން ލިތުއޭނިޔާ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް މެޗްގެ ހަތްވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިތުއޭނިއާ ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ މިމެޗްގައި ލިތޫއޭނިއާއަށް ކާމިޔާބުކުރެވުނު ހަމައެކަނި ގޯލެވެ. މިގޯލް ލިތުއޭނިއާއަށް ކާމިޔާބުކޮށްދިނީ އެންޑްރިއުކެވިޝިއަސްއެވެ. ފުރަތަމަ ހާފް ގެ ކުޅުންނިމުނީ ދެޓީމް 1-1 އެއްވަރު ވެގެންނެވެ. މެޗްގެ ފަހުހާފްގައި ޕޯޗުގަލްގެ ހަތަރުގޯލް ވަނީ ފެނިގެންގޮސްފައެވެ. ރޮނާލްޑޯގެ އަނެއް ތިންގޯލް ފެނިގެންދިޔައީ މެޗްގެ 65،61 އަދި 76 ވަނަ މިނިޓްގައެވެ. ޕޯޗުގަލްގެ ފަސްވަނަގޯލް އަދި ފަހުގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ ވިލިއަމް ކަވާލޯއެވެ.
ގުރޫޕް ބީގައި ރޭ ކުޅުނު އަނެއް މެޗްގައި ލަގްޒެންބާގްގެ މައްޗަށް ސާބިއާވަނީ 1-3 އިން ކުރި ހޯދާފައެވެ.
ގުރޫޕް ބީ ގެ ޕޮއިންޓް ޓޭބަލްއަށް ބަލާއިރު ފަސްމެޗްއިން ތޭރަ ޕޮއިންޓާއިއެކު ޔޫކްރެއިން އޮތީ އެއްވަނައިގައެވެ. ޔޫކްރޭންގެ ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްއެވެ. އެއީ ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއި އެކުއެވެ. ތިންވަނައިގައި ހަތަރު މެޗްެއިން ހަތް ޕޮއިންޓް ހޯދައިގެން ސާބިއާ އޮތްއިރު ލަގްޒެންބާގް ގުރޫޕްގެ ހަތަރުވަނައިގައި އޮތީ ފަސްމެޗްއިން ލިބުނު ހަތަރު ޕޮއިންޓާއިއެކުއެވެ. ގުރޫޕްގެ ފުލުގައި އޮތް ލިތުއޭނިއާއަަށް ލިބިފައި ވަނީ ކުޅުނު ފަސްމެޗްއިން އެންމެ ޕޮއިންޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!