އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހެވެ. ހއ.ދިއްދޫ، ފެހިފަތްގޭ މުހައްމަދު ފަޟީލް ވަޒީފާ އަދާކުރަމުން ދިޔައީ މީރު އައިލެންޑް ރިސޯޓުގައެވެ. ޒުވާން އުމުރުގެ ހަކަތައާއި އެކު ހެލިފެލިވެ ވަޒީފާގައި އުޅެމުން ދިޔައީ ފުރިހަމަ ސިއްހަތުގައެވެ. އެއްވެސް ބަލިމަޑުކަމެއްގެ އިހުސާސެއް ނެތިއެވެ.
ނަމަވެސް އެ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ހީކަރުވައި ގައިގެ ވަރުދެރަވެ ކާތަކެތީގައި ރަހަނުލުން ފަދަ ކަންކަން ފާހަގަވާން ފެށިއެވެ. މި ކަންކަމާއި ގުޅިގެންފަޒީލް ޑޮކްޓަރަށް ދެއްކިއެވެ. ގިނަ ޓެސްޓުތަކެއް ހެދުނެވެ. ޓެސްޓްތަކުގެ ނަތީޖާއިން ފަޟީލްގެ މުޅި ހަޔާތް ބަނަވެގެން ދިޔައެވެ. ހެދި ޓެސްޓުތަކުން ފަޟީލްގެ ދެ ކިޑްނީ ފެއިލްވެފައިވާކަން ޔަޤީންވެގެން ދިޔައެވެ.
ކިޑްނީގެ ހާލަތު އިތުރަށް ދެނެގަނެ ޓެސްޓުތަކެއް ހެދުމަށް ޤައުމުން ބޭރަށް ދިއުމަށް އެ ދުވަސްވަރު ރިސޯޓުން ވެސް އެހީތެރިކަން ލިބިފައިވެއެވެ. ޤައުމުން ބޭރަށްގޮސް އިތުރަށް ޓެސްޓުތައް ހަދައި އިތުރަށް ބެލި ނަމަވެސް ހަމަ ނަތީޖާއަކަށް ބަދަލެއް ނައެވެ. ދެ ކިޑްނީ ފެއިލްވެ ހަފްތާއަކު ތިންފަހަރު ޑައިލިސިސް ހަދަން މަޖުބޫރުވިއެވެ.
2020 ވަނަ އަހަރުގެ ކުރީކޮޅު ޤައުމަށް ކޯވިޑްގެ ނުރައްކާ ފޯރައި ރިސޯޓްތައް ބަންދުކޮށް ލޮކްޑައުންއަށް ދާން ޖެހުމުގެ އިތުރުން ހަފްތާއަކު ތިންފަހަރު ޑައިލިސިސް ހަދަން ޖެހި ރަށުގައި މަޑުކުރަން ޖެހުމުގެ ސަބަބުން އަދާކުރަމުންދިޔަ ވަޒީފާ ވެސް ފަޒީލަށް ގެއްލިގެން ދިޔައެވެ.
ފަޟީލްގެ އަންބަކާއި ދެ ދަރިންގެ ޚަރަދުތައް ބެލެހެއްޓުމަށް އަދާކުރަމުންދިޔަ ވަޒީފާ ގެއްލި، އިތުރު ވަޒީފާއެއް އަދާކުރުމަށް ސިއްހަތު ތަން ނުދިނުމުގެ ސަބަބުން ފާއިތުވި އަހަރެއްހާ ދުވަހު ފަޟީލަށް ވަނީ ވަރަށް ބޮޑެތި ގޮނެޖެހުންތަކާއި ކުތިމަތިލާން ޖެހިފައެވެ. މީގެއިތުރުން ސިއްހީ އެކިކަހަލަ މައްސަލަތަކާއި ފަޟީލަށް މިހާރުވަނީ ކުރިމަތިލާން ޖެހިފައެވެ.
ފާއިތުވި އަހަރެއްހާ ދުވަހު ފަޟީލްގެ އެންމެހާ ކަންކަން ހަމަޖައްސައި އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައިވަނީ ފަޟީލްގެ އާއިލާއިންނެވެ. މިގޮތުން ފަޟީލަށް އެހީތެރިވެދެއްވާ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންގެ އަޅާލުމާއި އޯގާތެރިކަން ފަޟީލް ބަލައިގަންނަނީ ޝުކުރުވެރި ހިތަކުންނެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.
” އަދި އެމީހެއްގެ އަޚާގެ ކިބައިން...
Posted by Middle Sports Club on Saturday, February 27, 2021
މި ވަގުތު ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި، އާއިލާގެ ތެރެއިން ކިޑްނީއެއް ވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާގެ ކަންކަން އަދި ހަމަޖެހިފައިނުވެއެވެ. ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ތި އެންމެ ބޭފުޅުންގެ އެހީތެރިކަމަށް ފަޟީލްދަނީ މިވަގުތު އެދެމުންނެވެ.
ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ޓަކައި އެހީތެރިވުމަށް ތިރީގައިވާ އެކައުންޓް ނަމްބަރުތަށް ޚިޔާރު ކުރައްވާށެވެ.
ބީއެމްއެލް ރުފިޔާ އެކައުންޓް ނަމްބަރ:
7701137139101
Mohamed fazeel
ބީއެމްއެލް ޑޮލަރު އެކައުންޓް ނަމްބަރ
7701137139102Mohamed Fazeel
ފަޒީލްގެ ފޯނު ނަމްބަރ: 7915770
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!