ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ ސަމާލުކަމަށް އެކަން ގެންނަމުން އެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރަން ދިމާވީ އެ ހޮސްޕިޓަލްގެ ސާވާ އަދި ބައެއް ކޮމްޕިއުޓަރުތަކަށް ކުއްލިއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

Ad
rt

މިގޮތުން ހޮސްޕިޓަލުގެ ކިއު ސިސްޓަމާއި، މެމޯ ހެއްދުމުގައި އަދި ބައެއް ކަހަލަ އެހެނިހެން ހިދުމަތްތަކަށް ބުރޫއަރާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

''މި މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމް ދަނީ މަސައްކަތް ކުރަމުން. އަދި މިކަމާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން. މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންގެ ފަރާތުން ދެއްވާ ފުރިހަމަ އެއްބާރުލުމަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރުވެރިވަން''

ކޭއާރުއެޗުން ބުނެފަ ވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ އުތުރުގެ މައި ހޮސްޕިޓަލެވެ.