ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެރަށުގެ ސިއްހީ މަރުކަޒު ބޮޑުކުރުމަށް ހަވާލުކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ލިމިޓެޑާ އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ މިނިސްޓަރ އަބްދުﷲ އަމީންއެވެ.
މި މަޝްރޫއަކީ ޖުމްލަ އަގަކީ 1،868،254.73 ރުފިޔާއެވެ. މި މަޝްރޫއު ނިންމަން ޖެހޭ މުއްދަތަކީ97 ދުވަހެވެ.
މި އިމާރާތުގައި ޖެނެރަލް އޮފީސް، މީޓިންގް ރޫމް، ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން ކައުންސިލިންގް ރޫމެއްވެސް ހިމެނޭނެއެވެ. އަދި މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ، ލޯންޑްރީ ގެ އިތުރުން ގަރާޖެއްވެސް އެ އިމާރާތުގައި ހިމެނޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!