ކައުންސިލްތަކަށް ދީފައިވާ އިދާރީ އަދި މާލީ ބާރުވެރިކަން ފުރިހަމައަށް ގެނެވޭނީވެސް އެމްޑީޕީއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ ރައިސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއި އެކު ލިބުނު އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަމުގެ ފުރިހަމަ ފޮނި މޭވާ ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭނީ ކުރިޔަށް އޮތް ދެ އިންތިހާބުވެސް އެމްޑީޕީއަށް ކާމިޔާބުކުރެވިގެންކަމަށެވެ.
އަދި އެއީ ކުރެވޭނެ ކަމެއްކަން ކުރިން ބޭއްވި ދެ އިންތިހާބުންވެސް އެނގިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ރިޔާސީ އިންތިހާބުން ލިބުނު 58 އިންސައްތައާއި މަޖިލިސް އިންތިހާބުން 75 އިންސައްތައިން ކާމިޔާބުކުރުން ކުރިމަތި ލައިގެން މިއުޅޭ އިންތިހާބުވެސް ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެމަނިކުފާނަށް ފެންނަ ފެނުމުގައި 80 އިންސައްތައަށް ވުރެ މަތިން ގޮނޑި ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ރައިސް ވިދާޅުވީ ކެމްޕެއިންގައި ބައިވެރިވުމަށް ވަގުތު ހުސްކުރަން ތައްޔާރަށް ހުންނެވިކަން ފާހަގަކުރައްވާ، ހާއްސަ ޅެން ބައިތެއް ވިދާޅުވެފައެވެ
އަޅުގަނޑުމެން ޕާޓީގެ އަމާޒަކީ، ލާމަރުކަޒީ ނިޒާމު ފުރިހަމަ ކޮށްދިނުން ޕާޓީގެ އެދުމާއި އަޒުމަކީ ނިޔަތާއި ދުލުން، ވާތީ އަބަދުވެސް ބާރުލާ ކަމަކަށް ވުމުން ޗާލުވި ރަން ފަތިހަކަށް ހޮވި އަލިވަނީ
ރައީސް ވިދާޅުވި އެވެ.
އަހަރެއްހާ ދުވަސްފަހުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކޯވިޑް-19އާ ރާއްޖެއިން ކުރިމަތިލާންޖެހުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބަށް އެޕާޓިން ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ވަނިކޮށްކަމަށެވެ. ނަމަވެސް އަހަރެއްހާ ދުވަސްފަހުން އަނެއްކާވެސް އިންތިޚާބާއި ކުރިމަތިލިޔަސް، އެޕާޓީއަކީ އަބަދުވެސް އިންތިޚާބުތަކަށް ތައްޔާރުވެފައި އޮންނަ ޕާޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދަޅުވީ، އިންތިޚާބަށް ކެމްޕެއިން ކުރުމުގައި ސަރުކާރުގައި އޮވެ ކެމްޕެއިން ކުރުމާއި، އިދިކޮޅު ޕާޓިއެއްގެ ގޮތުގައި އޮވެ ކެމްޕެއިންކުރުން ވަރަށް ތަފާތުވާނެކަމަށެވެ. އެގޮތުން ސަރުކާރުގައި އޮވެ އިންތިޚާބަށް ކުރިމަތިލާއިރު، އަމާޒުވާނެ އެންމެ ބޮޑު ސުވާލަކީ ސަރުކާރުން ކޮށްދިން ކަންކަމާ ގުޅޭގޮތުން އަމާޒުވާ ސުވާލުކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބާ ކުރިމަތިލާއިރު، އަމާޒުވާނެ ސުވާލުތަކަށް ދެއްވާނެ ޖަވާބު ސަރުކާރާއި އެމްޑީޕީގައި އެބަހުރިކަމަށެވެ. އެގޮތުން ކޯވީޑްގެ ދަތި އުނދަގޫ ހާލަތާއެކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސަރުކާރުގެ ފާއިތުވި މުއްދަތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިންތިޚާބުގެ ކެމްޕެއިނަށް ކުރިމަތިލާއިރު، ރާއްޖޭގެ އެކި ދާއިރާތަކަށް ދިމާވެފައިވާ މައްސަލަތައްވެސް ތަފާތުކަމަށެވެ. އެގޮތުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އަދި ކުރީ ސަރުކާރުގެ 7000 ފްލެޓް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމައި ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ޤަބޫލުފުލު ކުރައްވާކަމަށެވެ. 7000 ފްލެޓަށް 25،000 މީހުން ކުރިމަތިލާފައިވާއިރު އެފަދަ ކަންބޮޑުވުންތަކެއް ހުންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަދިވެސް ފްލެޓް ހައްގުވާ އެތައް ބަޔަކަށް ފްލެޓް ނުލިބި ތިބުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެހެންކަމުން އެކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ، ފްލެޓް ލިބޭނެކަމަށް މިހާރު އިޢުލާންކޮށްފައިވާ ލިސްޓްގައިވެސް މައްސަލަތަކެއް އުޅޭނަމަ އިސްލާޙު ކުރައްވާނެކަމަށާއި، ފްލެޓް ދޫކުރާނީ އޭގެ ހައްގުވެރިންނަށްކަމަށެވެ.
"މާލެއަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ. ނިމިދިޔަ ސަރުކާރުން 7000 ފުލެޓް ވަނީ އަޅާފަ. މި ފެލެޓް ދިނުމުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަހުރި. ހައްގުވާ އެތައް ބަޔަކަށް ފްލެޓް ނުލިބި ހުރެދާނެ. ނަމަވެސް ފްލެޓް ނުލިބި ހުރި މީހުންގެ ތެރެއިން އޭގެ ހައްގުވެރި ފަރާތަކަށް ފްލެޓް ހޯދައިދޭނަން. ބޯހިޔާވަހިކަން ހައްލު ކޮށްދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން."
ރައީސް ވިދާޅުވިއެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޖުމްލަ 99 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!