ވެރިރަށް މާލޭގެ ގެއަކުން ވައްކަން ކުރި 2 މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުން ވިދާޅުވީ އެ 2 މީހުންނަކީ މާފަންނު ގެއަކުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ 2 މީހުން ކަމަށެވެ.

Ad
rt

މީގެ އިތުރުން ފުލުހުން ވަނީ މި 2 މީހުން ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފަ އެވެ. މި ވީޑިއޯ އިން ފެންނަ ގޮތުން އެ 2 މީހުން އެ ގެއަށް ވަދެ ސިޑިބަރި ކައިރީގައި ހުރި ބޫޓާއި ފައިވާން އަޅާ ހަރަކުން ބޫޓާއި ފައިވާން ވަގަށް ނަގައިގެންދާ މަންޒަރު ފެނެ އެވެ.

މި 2 މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 476595 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.