ކޯވިޑް-19ގައި ރާއްޖެއިން 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 51 ވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކަމަށެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 04:27 ގައި ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވި އެވެ.

Ad
rt

މިއަދު ކޮވިޑް-19 ޖެހިގެން ނިޔާވި މީހާއާއި އެކު މިބަލި ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޢަދަދު ވަނީ 51 އަށް އަރާފައެވެ. ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީ ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 14،885 މީހުންނަށެވެ. އަދި މިވަގުތު 1،015 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 77 މީހުންނަށެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 13،813 މީހުންނެވެ.

ކޯވިޑް ބަލީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިދިޔަ އަހަރުގެ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. ކޯވިޑް ބަލީގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.