2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ގެ ޕްރިލިމިނަރީ ކޮލިފިކޭޝަން އަދި 2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ޕްރިލިމިނަރީ ކޮލިފިކޭޝަން ގައި ދިވެހިރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމް ގުއާމް އާއި ދެކޮޅައް މިއަދު ހެނދުނު ކުޅުނު މެޗް ރާއްޖެއިން ކާމިޔާބް ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗްގެ ހަމައެކަނި ގޯލް މެޗްގެ ފުރަތަމަ ހާފްގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތުދިން މިމެޗްގައި ރާއްޖޭން ވަނީ ގުއާމް ގެ ފަހަތައް ބާރުބޮޑުކޮށްފައެވެ. ރާއްޖޭގެ އެޓޭކްތައް ހުއްޓުވުމަށްޓަކައި ގުއާމްއަށް ޖެހުނީ ގިނަފައުލްތަކެއް ކުރާށެވެ. ނަތީޖާއެއްގެ ގޮތުން މި މެޗްގައި ގުއަމްއަށް ވަނީ ފަސް ރީނދޫ ކާޑަކާއި ރަތް ކާޑެއް ދައްކާފައެވެ. މެޗްގައި ގުއާމް އަށް ދެއްކި ރަތް ކާޑަކީ މެޗްގެ ހަމައެކަނި ގޯލް ކާމިޔާބްކޮށްދިން ފޭދޫ އިއްބެއަށް މެޗް ގެ 80 ވަނަ މިނިޓްގައި ގުއާމްގެ ޝޯން ނިކްލޯ ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫކާޑަކާއި އެކު ދެއްކި ރަތްކާޑެކެވެ.
މިގްރޫޕްގެ އަނެއްމެޗްގައި މިއަދު ހަވީރު ފިލިޕީންސް އާއި ސީރިޔާ ބައްދަލުކުރާނެއެވެ. ރާއްޖޭގެ ދެވަނަ މެޗް މިމަހުގެ 10 ވަނަ ދުވަހު ޤައުމީ ފުުޓްބޯޅަ ދަނޑުގައި ބައްދަލު ކުރާނީ މި ގްރޫޕް ގެ އެންމެ ވަރުގަދަ ޓީމް ކަމަަށްވާ ޗައިނާއާއެވެ.
މިފަހަރުގެ ރާއްޖޭގެ ޓާގެޓަކަށް ކަނޑައަޅާފައި ވަނީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!