ރާއްޖޭގެ ބޭންކިންގް ނިޒާމްއާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސާރވޭއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.
ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ސީޑީއީ ކޮންސަލްޓިންގް އާއި ގުޅިގެން ރާއްޖޭގެ ބޭންކިންގް ނިޒާމްއާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބޭނުމުގައި މާރކެޓް ސާރވޭއެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިކަމަށެވެ.
މިސާރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2020 އިން ފެށިގެން 31 ޑިސެމްބަރ 2020 އާއި ދެމެދު ފޯންކޯލްގެ ޒަރިއްޔާއިން ނުވަތަ ވަކިވަކި ފަރުދުންނާއި ބައްދަލު ކޮށްގެންކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.
މިސާރވޭ ކުރާނީ އުމުރުން 20 އާއި 39 އަހަރާދެމެދުގެ އުމުރުފުރާގެ މީހުންނަށްކަމަށާއި މިސާރވޭގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކުން ފުރިހަމަ މަޢުލޫމާތު ދެއްވައި އެއްބާރުލުން ދެއްވުމަށް އެކުންފުނިންވަނީ އެދިފަ އެވެ.
ސާރވޭގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ބޭންކް އެކައުންޓް އަދި ކޭޝްކާޑު ނަންބަރުގެ ތަފްސީލާއި ބެހޭގޮތުން ސުވާލު ނުކުރާނެކަމުގައި ދަންނަވަމެވެ.
އެސްޓީއޯއިން ބުނެފައިވެއެވެ.
މިސާރވޭކުރުމަށްޓަކައި ސީޑީއީ ކޮންސަލްޓިންގް ގެ ފަރާތުން ބޭނުންކުރާ ފޯނު ނަންބަރުތައް ވެސް ވަނީ އެކުންފުނީގެ އިޢުލާނުގައި ހިމަނާފަ އެވެ. އެގޮތުން މިސާވޭގައި އާންމުންނަށް ގުޅަމުން ގެންދާނެ ނަންބަރުތަކަކީ، 7861848، 7908589، 7819893، 7819974، 7217136، 7217047، 7217082، 7217120، 7217520 ، 7862160، 7762193 ކަމުގައި ބުނެފައިވެއެވެ.
މިސާރވޭއާއި ގުޅުންހުރި އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ އެކުންފުނީގެ ކޯލްސެންޓަރ 1422 ނުވަތަ ސީޑީއީ ކޮންސަލްޓިންގް ގެ ފޯން ނަންބަރު 3312514 އަށް ގުޅުއްވުމަށް އެދި ފައިވެ އެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެކުންފުނިން ވަނީ ޝުކުރު ދަންނަވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!