ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އޯރތޯޕީޑިކްގެ ބޮޑު 4 އޮޕަރޭޝަންއެއް ކޮށްފިއެވެ.
މި ހަފްތާ ތެރޭގައި ކޮށްފައިވާ މި 4 އޮޕަރޭޝަނުގައި ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ އެ ހޮސްޕިޓަލަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ކޭއާރްއެޗްގެ ފަރާތުން ޢާންމު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައިވެސް ވަނީ މި ކަން ފާހަގަކޮށްފައެވެ.
ކޭއާރްއެޗްގެ ފަރާތުން މިދިޔަ މަހުގެ ތެރޭގައި ވަނި އޯރތޯޕީޑިކްގެ ފުރަތަމަ އޮޕަރޭޝަނެއް އެ ހޮސްޕިޓަލުގައި ކޮށް، ކާމިޔާބު ކަމާއި އެކު އެކަން އިޢުލާންކޮށްފައެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިން ކުރެވިގެން ދިޔައީ ފައިގެ ކަކުލުން ތިރީގެ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ފިބިޔުލާ ކަށިގަނޑު ވަނީ އޮޕަރޭޝަންކޮށްފައެވެ.
އެ ހޮސްޕިޓަލުން ޢާންމު ކުރި މަޢުލޫމާތަށް ބަލާއިރު، އެ ހޮސްޕިޓަލުގެ އޯރތޮޕީޑިކް ޓީމް އަދި އޮޕަރޭޝަން ޓީމުން ވަނީ ފިބިޔުލާ އޮޕަރޭޝަންކޮށް ސިންޑެސްމޯސިސް ހަދާފައެވެ. ސިންޑެސްމޯސިސްއަކީ ޓިބިއާ އަދި ފިބިޔުލާ ފަދަ ދެ ކަށި ހަށިގަނޑުގެ ޓިޝޫއިން ގުޅާލުމެވެ.
މި ހަފްތާގެ ތެރޭގައި އެ ހޮސްޕިޓަލުން ކުރި އޮޕަރޭޝަންތަކަށް ބަލާއިރު، ބޮޑެތި މީހުންގެ އިތުރުން ވަނީ ކުޑަކުދިންގެ އޮޕަރޭޝަންތަކެއްވެސް ކޮށްފައެވެ.
Following the success of our first major orthopedic surgery last month, we were able to successfully complete another 4 orthopedic surgeries during this week with the support from @igmhmv. Alhamdulillah. Thanks to our our Orthopedics Dr. @Goda, Dr. Adly and our Nursing Team. pic.twitter.com/f7BrnaD49C
— Kulhudhuffushi Regional Hospital (@KRHmv) December 9, 2020
މި ގޮތުން އެ ހޮސްޕިޓަލުގައި ކޮށްފައިވާ އޮޕަރޭޝަންތަކަށް ބަލާލާއިރު:
1. ފަސް އަހަރު، އަންހެން،- ސުޕްރަކޮންޑިލާރ ހިޔުމެރަސް ( އޯއާރްއައިއެފް ބައި ކްރޮސިންގ ކޭ-ވަޔާރޒް)
2. އަށް އަހަރު، ފިރިހެން- ސުޕްރަކޮންޑިލާރ ހިޔުމެރަސް (ސީއާރްއައިއެފް ބައި2 ކޭ-ވަޔާރޒް)
3. ތިން އަހަރު، އަންހެން- ކޮންޖެނިޓަލް ޓްރިގަރ ތަމްބް ވިތް ފްލެކްސިއޮން އޮފް އައިޕީޖޭ ތަމްބް
4. ސައްވީސް އަހަރު، އަންހެން- ފްރެކްޗަރ ޑިސްޓަލް ރޭޑިޔަސް އަލްނާ ލެފްޓް ރިސްޓްކު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!