ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހއ އަތޮޅު އުތީމު، އަލިމަސް، އަބްދުﷲ އައްސަދު ހަމަޖައްސައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އައްސަދު މިމަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އައްސަދު އެންމެ ފަހުން ހުންނެވީ އުތީމު ކައުންސިލްގެ ޒިންމާދާރުވެރިއެއްގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ނޮޅިވަރަމް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އައްސަދު ވަނީ ވައިކަރަދޫ ހެލްތު ސެންޓަރުގައި ވެސް މަސައްކަތް ކޮށްފައެވެ.

Ad
rt

އައްސަދު ވަނީ 2003 އިން 2007އާއި ދެމެދު ހެލްތު ވޯކަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި އޭނާ ވަނީ 2007 އިން ފެށިގެން 2010 އާ ހަމައަށް އުތީމު ކަތީބުކަން ވެސް ކޮށްފައެވެ. އެއަށްފަހު އޭނާ ފެނިގެން ގޮސްފައި ވަނީ ކައުންސިލްގެ ދާއިރާއިންނެވެ. އެގޮތުން އޭނާ ވަނީ ހިންގުމުގެ ދާއިރާގައި 16 އަހަރު ހޭދަކޮށްފައެވެ.

އައްސަދަކީ އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން އޭނާ ހެއްދެވި "ތިކި ނެތީވިއްޔާ" މި ޅެން ވަނީ ގްރޭޑް 6 ގެ ދިވެހި ފޮތުގައި ވެސް ހިމަނާފައެވެ.

އައްސަދު ވަނީ ޕަބްލިކް ހެލްތު އަދި ޕަބްލިކް އެޑިމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔަވައި ބިޒަނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލް ކޮށްފައެވެ. އައްސަދުގެ ބައްޕަ، އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަކީ ތިލަދުންމަތީގައި ފާހަގަކޮށްލެވޭ ޝަހްސިއްޔަތެކެވެ.