ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާ މޮނިޓަރ ކޮށްފިއެވެ.
މޮނިޓަރ ކުރުން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 28 ން 29 އަށް އަތޮޅު ކައުންސިލުންނެވެ. މޮނިޓަރ ކުރުމަކީ ކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުމެވެ.
މި މޮނިޓަރިންގައި ބަލާފައިވާނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާއި އަދި ފައިސާގެ ހިސާބުތައް ހިންގާފައިވަނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށްތޯއާއި ކައުންސިލުން ދޭންޖެހޭނެ ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ރަށްވެހިކަމުގެ ޚިދުމަތްތައް ދެވިފައިވާ ގޮތެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި ކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، އަދިހަމަ މި ޤާނޫނުގެ 8 ވަނަ މާއްދާގެ (ޒ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަކީ އަތޮޅު ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!