‏ނިމިދިޔަ 2018-2019 ވަނަ ސީޒަންގެ ޔޫރަޕްގެ އެންމެ މޮަޅު ކުޅުންތެރިއަކަށް ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އަދި ޔުވެންޓަސް ގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވާދަކޮށް ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް އަދި ނެދަލެންޑްސްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް ހޮވިއްޖެއެވެ
.
ވެން ޑައިކް އަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަވާލުކުރީ ޔުއެފާ އެވޯޑް ދިނުމަށާއި މިއަހަރުގެ
ޗެމްޕިއަންސް ލީގްގެ ގުރުނެގުމުގެގޮތުން މޮނާކޯގެ ގްރިމަލްޑި ފޯރަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ލިވަޕޫލް ފޫޓްބޯލް ކްލަބަށް ފާއިތުވި ޒީޒަންގައި ޗެންޕިއަންސް ލީގް ހޯދައިދިނުމުގައި ވެން ޑައިކް ގެ ހިއްސާ ބޮޑެވެ.

Ad
rt

މިރަސްމިއްޔާތުގައި ދެވުނު އެހެން އެވޯޑްތަކަށް ބާލާއިރު ނިމިދިޔަ ސީޒަންގެ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑް ލިބުނީ ލިވަޕޫލްގެ ކީޕަރ އެލިސަން ބެކާއަށެވެ. އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ލިބުނީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ލިބުނު ލިވަޕޫލްގެ ވެން ޑައިކް އަށެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރއަކަށް ހޮވުނީ މިދިޔަ ސީޒަންގައި އަޔެކްސްގައި މޮޅު ކުޅުމެއްދެއްކި ފްރޭންކީ ޑި ޖޮންގްއެވެ. ބާސެލޯނާގެ ހުނަރުވެރި ފޯވާޑް ލިއޮނެލް މެސީ ވަނީ ފާއިތުވި ސީޒަންގެ އެންމެ މޮޅު ފޯވަޑްހެ އެވޯޑް ހޯދާފައެވެ.