ސީރިޔާގެ ޖަންގަލި ތަކުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ޝިކާރައަަކަށްވެ، 2 މީހުން މަރުވެއްޖެއެވެ.
ސީރިޔާއަށް ނިޞްބަތްވާ ބޮޑެތި ޖަންގަލިތަކާއި، ދަނޑުބިން ތަކިގައި ހުއްޓުމެއްނެތި އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލުނުވެ ވަނީ ލުބުނާންއާއި ހަމައަށް ފޯރާފައިކަމަށް ގިނަ މީޑިޔާތަކުން މިހާރު ދަނީ ރިޕޯޓުކުރަމުންނެވެ.
ސީރިޔާގެ ޓީވީ ޗެނަލްއަކުންވަނީ ރޯވެފައިވާ އަލިފަންގަނޑު ކޮންޓްރޯލު ކުރެވޭތޯ ގިނަ ޢަދަދެއްގެ އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވާ މަންޒަރު ތަކެއް ދައްކާފައެވެ.
އެ ޤައުމުގެ ގިނަ މީޑިޔާތަކުން ރިޕޯޓު ކުރާ ގޮތުގައި، ސީރިޔާގެ އައްސޭރީގައި އޮންނަ ލަޓާކިއާ އަދި ޓާރޓަސް އަވަށުގައި އަލިފާން ރޯވެ އަނދަމުން އަންނަ އިރު، އެ ޤައުމުގެ މެދު ތެރޭގެ އަވަށެއް ކަމަށްވާ ހޮމްސްއާއި ހަމައަށް މިހާރު އަލިފާންގަނޑު ވަނީ ފޯރާފައެވެ.
ސީރިޔާގެ ހެލްތު މިނިސްޓްރީއިން ޢާންމު ކުރި މަޢުލޫމާތައް ބަލާއިރު، ލަޓާކިއާ އަވަށުން 2 މީހުން މަރުވެފައިވާ ކަމަށާއި، ހުކުރު ދުވަހު 70 އަށްވުރެ ގިނަ މީހުން ވަނީ އަލިފާނުގެ ދުމުގެ ސަބަބުން ނޭވާ ލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
"އެތައް ތަނެއްގައި އަލިފާން ދަނީ ރޯވަމުން. ލަޓާކިއާ ސަރަހައްދުން 45 ތަނެއްގައި. ޓާރޓަސްގައި 33. މިއީ ސީރިޔާގެ ޙަޔާތުގައިވެސް އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަލިފާންގަނޑުތަކެއް ރޯވެ އަނދަމުންދާ ފުރަތަމަ ފަހަރު" އެގްރިކަލްޗަރ މިނިސްޓަރ މުހައްމަދު ހަސަން ޤަތާނާ ރޭޑިޔޯ ޕްރޮގުރާމަަކަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
Fires are blazing tonight across the pine forests of the Eastern Mediterranean, in Lebanon, Syria & Turkey. They’re adding to the misery of war and collapsed economies. This is from north Lebanon pic.twitter.com/60FA6LZ8x0
— Liz Sly (@LizSly) October 9, 2020
ޤަރްދަހާ ހިސާބުގައި އަވަށުތެރެއަށް އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަ އިރު، ހަރު މުދާ ގުދަން ކޮށްފައި ހުރި ގުދަންތަކުގައި، މުދަލާއެކު ވަނީ ރޯވެފައެވެ. އަދި މި އަވަށުގައި ހުރި ހޮސްޕިޓަލުގެ ވަށައިގެންވެސް ވަނީ އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
ސީރިޔާގެ އުތުރުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބެެއް ކަމުގައި ބެލެވެނީ، އެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުންނެވެ. އަދި މިއީ އެއް މަހެއްގެ ތެރޭގައި އަލިފާނުގެ މި ފަދަ ހާދިސާއެއް ހިނގާ2 ވަނަ ފަހަރެވެ.
ސީރިޔާގައި އަލިފާނުގެ ހާދިސާތަކުގެ އިތުރުން ފިނި މޫސުމަށް ބޭނުންވާ ފިޔުލް ލިބުމުގެ ދަތިތައްވެސް ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. އަދި 9 އަހަރުވެފައިވާ ހަނގުރާމަ އަދިވެސް ކުރިއަށް ދިޔުމާއި އެކު، އެ ޤައުމުގެ ގިނަ އަވަށުތަކުގައި އަދިވެސް ފުރިހަމަ އެއް ދުވަހަށް ކަރަންޓެއް ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!