ދުނިޔޭގެ ޕޯސްޓްގެ ދުވަހާ ގުޅިގެން، ދިއްދޫގައި ޕޯސްޓްގެ ޚިދުމަތަށް އެދި ދިއްދޫ ރައްޔިތުންގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި މިއަދު އޮއްސާލައިފިއެވެ.

ދިއްދޫގައި ދާދި ފަހުން ޙަރަކާތްތެރިވާން ފަށާފައިވާ ޖަމާޢަތެއް ކަމުގައިވާ "ދިއްދޫ ރައްޔިތުންގެ އަޑު" ގެ ފަރާތުން އިސްނަގައިގެން، މިއަދު ހެނދުނުއްސުރެ ފޭސްބުކްގައާއި ޓުވިޓަރގައި، ދިއްދޫ ރައްޔިތުންގެ ފޮޓޯއާއެކު ޕޯސްޓްގެ ޚިދުމަތަށް އެދޭކަމުގެ މެސެޖްތައް ދަނީ ޕޯސްޓްކުރަމުންނެވެ.

Ad
rt

އެ ގޮތުން ދިއްދޫގެ ޒުވާނުންނާއި، ވިޔަފާރިވެރިންނާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ތަފާތު އެކި ފަންތީގެ އަންހެން އަދި ފިރިހެނުންގެ މެސެޖްތައް ވަނީ އިނގިރޭސި ބަހާއި ދިވެހި ބަހުން ޕޯސްޓްކޮށްފައެވެ. މީގެ އިތުރުން މިއަދު އެ ޖަމާޢަތުން ނެރެފައިވާ ނޫސް ބަޔާނުގައި ދުނިޔޭގެ ޕޯސްޓްގެ ދުވަހަކީ ދިއްދޫގެ ރައްޔިތުންނަށް އަބަދުވެސް ހަނދާންތަކެއް އާކޮށްދޭ ދުވަހެއް ކަމަށާއި، އެ ހަނދާންތަކަކީ ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދެވެމުން އައިސް، އެ ޚިދުމަތް މެދުކެނޑިގެން ދިޔަ ދިޔުމުގެ ހަނދާންތައް ކަމުގައި ވަނީ ބުނެފައެވެ.

ދިިއްދޫ ރައްޔިތުންގެ ޝުޢޫރު
#PostOffice4Dhidhdhoo

Posted by Dhidhdhoo Rayyithunge Adu on Thursday, October 8, 2020

އޭގެ އިތުރުން ޕޯސްޓްގެ ޚިދުމަތް ރަށުގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި 29 ޖޫން 2000 ގައި ދިއްދުއިން 2570 އަކަފޫޓްގެ ބިމެއް ވެސް މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ދޫކޮށްފައިވާތީ، ޕޯސްޓްގެ ޚިދުމަތަކީ ދިއްދޫ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވާ ޚިދުމަތެއްކަން އެއީ އެނގި، ފެނި، ހާމަވެފައިވާ ޙަޤީޤަތެއް ކަމަށާއި، އެ ބިން ހުސް ބިމެއްގެ ގޮތުގައި އޮންނަތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވޭތުވެގެން ދިޔުމަކީ ދިއްދޫ ރައްޔިތުންގެ މިއަދުގެ ވެސް ކަންބޮޑުވުމެއް ކަމުގައެވެ.

ދިއްދޫ ރައްޔިތުންގެ ޝުޢޫރު
#PostOffice4Dhidhdhoo

Posted by Dhidhdhoo Rayyithunge Adu on Thursday, October 8, 2020

ދިއްދޫ ރައްޔިތުންގެ އަޑުގެ ޗެއަރޕަރސަން ޢަލީ ހާޝިމްގެ ފޮޓޯއާ އެކު ޢާންމުކުރައްވާފައިވާ މެސެޖްގައި ޕޯސްޓް އޮފީހެއް ދިއްދޫގައި ހުރުމަށް އެމުނިއެކުލެވެން ޖެހޭ ހުރިހާ އަސްބާބުތައް މިހާރު ފުރިހަމަވެފައިވާ ކަމަށް ވިދާޅުވެފައިވާއިރު، އެ ޖަމާޢަތުގެ ރައީސް އައިމިނަތު ނަޝްފާގެ ފޯސްޓްގައި ދިއްދޫގައި ތިބި ގާތް ތިމާގެ މީހުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ރަށުގައި ޕޯސްޓް އޮފީހެއް ހުރުން މުހިންމު ކަމަށް ވިދާޅުވެފައިވެއެވެ.

ތިޔަ ފެނިވަޑައިގަންނަވަނީ ދިއްދޫގައި ޕޯސްޓް އޮފީސް ޢިމާރާތްކުުރުމަށް 29 ޖޫން 2000 ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް...

Posted by Dhidhdhoo Rayyithunge Adu on Friday, October 9, 2020

ދިއްދޫ ކައުންސިލްގެ ނައިބު ރައީސް ޒުހުރާގެ ޕޯސްޓްގައި ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވުމުން، އޭގެ ފައިދާ ދިއްދޫ އަދި ހއ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ދިއްދޫ ރައްޔިތުންގެ ޝުޢޫރު
#PostOffice4Dhidhdhoo

Posted by Dhidhdhoo Rayyithunge Adu on Thursday, October 8, 2020

ދިއްދޫ ރައްޔިތުންގެ އަޑުގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޙަރަކާތުގެ ބޭނުމަކީ ދިއްދުއަށް ޕޯސްޓްގެ ޚިދުމަތް މުހިންމުކަމާއި، ރައްޔިތުން އެކަމަށް ބޭނުންވާ ކަމުގެ އަޑު ކަމާ ބެހޭ ފަރާތްތަކަށް އިއްވުން ކަމެވެ. އަދި މިއަދާއި މިރޭ މި ފަދަ އެތައް ޕޯސްޓްތަކެއް ދިއްދޫ ރައްޔިތުންގެ ފޮޓޯއާއެކު ޕޯސްޓްކުރަމުންދާނެކަމަށާއި، މި ޙަރަކާތުގައި ގިނަ ބަޔަކު ބައިވެރިވުމަށް މިހާރު ވެސް އެދެމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.